ތައުހީދުގެ ސަބަބުން ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބޭ ކަމަށް މިއަދުގެ ހުތުބާގައި ބުނެފި އެވެ،

މިއަދުގެ ހުތުބާގައި ބުނީ ﷲ ފިޔަވައި ހައްގުވެގެން އަޅުކަން ކުރެވޭ އިލާހެއް ނުވާ ކަމަށާއި އަދި އެކަލާނގެ އެއްކައުވަންތަ ކަމަށާއި އަދި އެކަލާނގެއަށް ބައިވެރިއަކު ނުވާ ކަަމަށެވެ.

ހަމަ އެހެންމެ އެކަލާނގެ ފިޔަވައި އެހެން ރައްބަކު ނުވާ ކަމަށާއި އަރަހުށި ކީރިތިވަންތަ ﷲ ފިޔަވައި އެހެން ހާލިގަކުވެސް ނުވާ ކަމަށެވެ.

ހުތުބާގައި ބުނީ މާތްﷲ އެއްކައުވަންތަ ކުރުމަކީ އެންމެ މަތިވެރި އަދި އެންމެ މާތް އަސްލު ކަމަށެވެ. އަދި ﷲ ރަސޫލުން ފޮނުއްވައި ފޮތްތައް ބާވާލެއްވީ އެކަން ހާސިލު ކުރުމަށް ކަމަށެވެ.

"އަދި ހަމަ އެފަދައިން ތައުހީދުގެ ސަބަބުން އަމަން އަމާންކަމާއި ހިދާޔަތު ލިބި ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބިދެއެވެ. ކީރިތި ރަސޫލާ ތައުހީދަށް ވަރަށް ބޮޑު ސަމާލުކަމެއް ދެެއްވި އެވެ. އެންމެ ފުރިހަމަ ގޮތެއްގައި ތައުހީދުގެ ހުރިހާ ބައިތަކެއް ހިމާޔަތް ކުރެއްވި އެވެ. އެކަލޭގެފާނުގެ ދައުވަތުގެ ފުރަތަމަ ޝިއާރަކީ މާތް ﷲ އެއްކައުވަންތަ ކުރުމެވެ. އެއީ އެކަލޭގެފާނުގެ ކުރިން ފޮނުއްވުނު ނަބީކަލުން އަމަލު ކުރެއްވި ފަދައިން ނެވެ." ހުތުބާގައި ބުނެފައި ވެއެވެ.

އުޑާއި ބިން އުފެއްދެވުމާއި ރޭގަނޑާއި ދުވާލު ތަފާތު ކުރެއްވުމާއި ގަސްގަހާ ގެއްސާއި މޭވާތަކާއި އިންސާނުންނާއި ޖަނަވާރުތައް ޚަލްގު ކުރެއްވުން ދަލީލުކޮށްދެނީ އެ ތަކެތި ހެއްދެވި ފަރާތެއްވާކަން ކަމަށް ވެސް ހުތުބާގައި ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން