ވިލިމާލެއާ ދިމާ ކަނޑުމަތިން ދެ ލޯންޗް ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި ދެ މީހުންގެ ހާލު ސީރިއަސް ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

ވިލިމާލެ ވޯޓާ ސްޕޯޓްސްއާ ދިމާލުން ކަނޑުމަތިން ދެ ލޯންޗު ޖެހި އެކްސިޑެންޓެއް ހިނގީ ރޭ އިރާކޮޅު އަށެއް ޖަހަން އުޅެނިކޮށެވެ.

އެ ހާދިސާގައި 13 މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބުނެވެ.

އޭގެ ތެރެއިން ބޮޑަށް އަނިޔާ ލިބުނީ ދެ ފިރިހެނުުންނަށެވެ. އެ ދެ މީހުންނަށް މިހާރު ފަރުވާ ދެމުން ދަނީ އައިސީޔޫގައި ކަމަށް ވެސް އައިޖީއެމްއެޗުން ބުނެއެވެ.

ނަމަވެސް އެ މީހުންނަށް ލިބިފައިވަނީ ސީދާ ކޮންކަހަލަ ގެއްލުންތަކެއް ކަމެއް އައިޖީއެމްއެޗުން ހާމައެއް ނުކުރެއެވެ.

އައިސީޔޫގައި ފަރުވާ ދެމުންދާ ދެ މީހުންގެ އިތުރުން އަނިޔާވި އެކަކަށް ވޯޑުގައި ދަނީ ފަރުވާ ދެމުން ނެވެ. އަނިޔާވި އެހެން މީހުން މިހާރު ތިބީ ދޫކޮށްލައިފަ އެވެ.

އެ ހާދިސާއާ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވަނީ ވިލިމާލެ ދެ ކަނޑުއޮޅިން ދަތުތުުރު ކުރުމަކީ މަނާކަމެއް ކަމަށާއި އަދި އެ ހިސާބުން ދަތުރު ކުރާނަމަ ލައިސަންސް ހިފަހައްޓާނެކަން ހަނދާންކޮށްދީފި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން