ހަފްތާ 14 ގައި ހިމެނޭ ވައުދުތަކުގެ ތެރެއިން 150 ވައުދެއްގެ 100 އިންސައްތަ ފުރިހަމަ ކުރެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

‘އަހާ’ ގެ ނަމުގައި ރައީސް އޮފީހުން އިންތިޒާމު ކޮށްގެން ބާއްވާ ފޯރަމްގައި އާންމުންގެ މީހަކުވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރަށް މެޖޯރިޓީ ދިނުމަކީ ކިހާ މުހިންމު ކަމެއްތޯ ސުވާލު ކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިރޭ ރައީސް ވިދާޅުވީ، ސަރުކާރުން ރައްޔިތުންނަށް އެކިކަންކަން ފަހިކޮށްދިނިމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުން ދާކަމަށެވެ.

އެގޮތުން، ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި 161 ވައުދެއް ފުއްދުމަށް އަމާޒު ހިފާފައިވާކަމަށާއި އެ މަސައްކަތުގެ ދަށުން 150 ވައުދެއް މިހާތަނަށް އެއްކޮށް ފުރިހަމަ ކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި އޭގެ ތެރެއިން މުޅީން ހާސިލްނުވެ ހުރި ކަންކަން ވެސް މިހާރު ހުރީ 80 އިންސައްތަ ފުރިހަމަ ވެފައިކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.

ނަމަވެސް، އިދިކޮޅު ފަރާތްތަކުން ދަނީ އެކަންކަން ކުރުމަށް އެކި ގޮތްގޮތުން ހުރަސް އަޅަމުން ކަމަށާއި، ރައްޔިތުންގެ މަޖިލީސް ތެރެއިން ވެސް ބޮޑެތި ހުރަސްތައް ކުރިމަތިކުރަމުން ދާކަމަށް ރައީސް ވިދާޅުވިއެވެ.

ހާއްސަގޮތެއްގައި ވަޒީރުންނަށް ރުހުން ނުދިނުމާއި އެ ނޫންވެސް ދަތިތައް ކުރިމަތިކުރަމުން ދާކަން ރައީސް ފާހަގަ ކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން