ފުލުހުންނާއި ސިފައިންގެ މުސާރަ އަންނަ މަހު ބޮޑު ކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ "އަހާ" ފޯރަމްގައި ބައިވެރިވި އާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އާންމުންގެ މީހާ ސުވާލު ކޮށްފައިވަނީ ފުލުހުންނާ ސިފައިންގެ މުސާރަ ބޮޑުކުރުމަށް ރައީސް މީގެކުރިން ވައުދުވެފައިވާ ކަމަށެވެ. އެހެންކަމުން އެކަން އޮތް ހިސާބެއް ސާފުކޮށްދިނުމަށް އޭނާ ވަނީ އެދިފައެވެ.

ޖަވާބުގައި ރައީސް ވިދާޅުވީ، މާރޗް މަހުގެ ތެރޭގައި ފުލުހުންނާ ސިފައިންގެ މުސާރަ ‏ބޮޑުކުރުމަށް އޮތީ ނިންމާފައި ކަމަށާއި އެހެންކަމުން އެކަން އެގޮތަށް ހަމަޖެހިގެން ދާނެކަމަށެވެ.

ރައީސް މިހެން ވިދާޅުވިއިރު، ހަރަދުތައް ކުޑަކުރުމަށް މުސާރައާއި ވަޒީފާގެ ކުރިއެރުން ދިނުން މިވަގުތަށް މަޑުޖައްސާލަން ފިނޭންސް މިނިސްޓްރީން ވަނީ ސަރުކާރުގެ އިދާރާތަކަށް އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން