ރައީސުލްޖުމްހޫރިއްްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ސީދާ ސުވާލާއި ޝަކުވާ، ރައްޔިތުންނަށް ހުށަހެޅޭގޮތަށް ޕޯޓަލެއް ގާއިމުކޮށް އިފްތިތާހުކޮށްފިއެވެ.

މި ޕޯޓަލް އިފްތިތާހު ކޮށްދެއްވާފައިވަނީ، ‘އަހާ’ ގެ ނަމުގައި މިރޭ ކުރިއަށް ގެންދިޔަ ފޯރަމްގައި ރައީސް ޑރ. މުޢިއްޒުއެވެ.

މިއީ ދިވެހި ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ސީދާ ރައީސުލްޖުމްހޫރިއްޔާއާ ސުވާލުކޮށް ޝަކުވާ ހުށައެޅޭ ގޮތަށް ރައްޔިތުންނަށް ފުރުސަތު ހުޅުވާލި ފުރަތަމަ ފަހަރެވެ.

މިރޭ އިފްތިތާހުކުރި ޕޯޓަލްގެ ތެރެެއިން އާންމުންނަށް ސުވާލާ ޝަކުވާ ހުށަހެޅޭއިރު އެ ސުވާލުތަކަށް ޖަވާބުދެއްވާނީ ސީދާ ރައީސްކަމަށް އެމަނިކުފާނު މިރޭ ވަނީ ވިދާޅުވެފައެވެ.

މި ޕޯޓަލަށް ދީފައިވާ ނަމަކީ ‘ރައްޔިތުންގެ އަޑު’ އެވެ. މިއީ ރައީސް ރިޔާސީ ކެމްޕޭންގައި ވެވަޑައިގެންފައިވާ ވައުދެއްކަން ފާހަގަކޮށްލެވެއެވެ.

​ރައީސް ވަނީ މި ޕޯޓަލް މެދުވެރިކޮށް ގިނަބަޔަކު ހިޔާލު ހުށަހަޅާ ޝަކުވާ ވެސް ހުށަހެޅުމަށް އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން