ސަރުކާރުން އަޅާ އިންޓަނޭޝަނަލް ސަރފިން ސްޓޭޑިއަމް ޑިޒައިންކޮށް އަގުވެސް ހަދާ ނިމިފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެެ.

އާންމުންގެ ސުވާލަށް ޖަވާބު ދެއްވުމަށް ރޭ ކުރިއަށްގެންދިޔަ "އަހާ" ފޯރަމުގައި ބައިވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އިންޓަނޭޝަނަލް ސަރފިން ސްޓޭޑިއަމެއް އެޅުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށާއި ނިމިދިޔަ ސަރުކާރުގައި ބަޖެޓް ފާސްކުރިއިރު އެކަމަށް ބޭނުންވާ ފައިސާ ހިމަނާފައިނުވާ ކަމަށެވެ.

ބަޖެޓްގައި ފައިސާ ހިމަނާފައިނުވި ނަމަވެސް ސަރުކާރުން އަޅަން ނިންމާފައިވާ ސަރފިން ސްޓޭޑިއަމް ޑިޒައިންކޮށް އަގުވެސް ހަދާ ނިންމާފައިވާ ކަމަށާއި މިއަހަރުގެ ތެރޭގަައި އެ ޕްރޮޖެކްޓް ފަށަން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ބަލަނީ އިންވެސްޓްމަންޓް އުސޫލުން ވެސް ކޮންޓެރެކްޓް ފައިނޭންސް އުސޫލުން ވިޔަސް ޑިވްލޮޕާ އަކާއި ހަވާލުކޮށްގެން ވެސް މިއަހަރު ތެރޭގައި އެމަސައްކަތް ފަށަން، އެހެންވީމަ އިރާދަކުރެއްވިއްޔާ ވީހާވެސް އަަވަހަކަށް މިއަހަރު ފެށޭތޯ ބަލާނަން، ހަމަޔަގީނުން ވެސް މިއަންނަ އަހަރު އިރާދަކުރެއްވިއްޔާ މުޅި ދުނިޔޭގެ ފެންވަރުގެ ސަރފިންގ ސްޓޭޑިއަމް އެއް އަޅުގަނޑުމެން އެ ސަރަހައްދުގައި (ރާޅުގަނޑު ސަރަހައްދުގައި) ގާއިމްކޮށްދޭނަން." ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން