ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ތޮއްޑޫ ދާއިރާއަށް މިއަދު ވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތޮއްޑޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ހުސެން ސަމީރުގެ ކެމްޕޭނުގައި ބައިވެރިވެވަޑައިގަތުމަށް، އެމްޑީޕީގެ ރައީސް ޝާހިދު އެދާއިރާއަށް ވަޑައިގެންފައިވަނީ މިއަދުގެ ވަގުތެއްގައެވެ. މި ދަތުރުފުޅުގައި ޝާހިދު މިހާރު ވަނީ އއ އުކުޅަހަށް ވަޑައިގެންފައެވެ.



އުކުޅަހަށް ޝާހިދު ވަޑައިގަތުމުން މަރުހަބާ ދެންނެވީ ތޮއްޑޫ ދާއިރާއަށް ކުރިމަތިލައްވާ ސަމީރުގެ އިތުރުން އުކުޅަސް ކައުންސިލް ރައީސް ޝައުކަތު އިބްރާހިމެވެ.

އުކުޅަހަށް ވަޑައިގަތުމަށްފަހު ޝާހިދު އެރަށު ބަނދަރުމަތީގައި އެމްޑީޕީގެ ދިދައެއް ވަނީ ނަންގަވައިދެއްވާފައެވެ. އަދި މިސްރާބު ހަމަމަގަށް ގެނައުމަށް ކުރަން ޖެހޭ މަސައްކަތްތަކާއި، ކެމްޕޭން ކުރިއަށް ގެންދިޔުމާ ގުޅޭ ގޮތުން ކެމްޕޭން ޓީމާއެކު ޝާހިދު މަޝްވަރާކުރެއްވާފައިވާ ކަމަށް އެޕާޓީން ބުނެއެވެ.

މަޖިލިސް އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ މާޗް 17 ވަނަ ދުވަހުއެވެ. ރޯދަމަހު އިންތިހާބު ބާއްވަންޖެހޭތީ، އިންތިހާބު ފަސްކުރުމަށް މަޖިލީހުން ޤާނޫނަށް އިސްލާހު ގެނައި ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އެ އިސްލާހު ތަސްދީގު ކުރައްވާފައިނުވާ ކަން ފާހަގަކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން