މިފްކޯ ރީސްޓްރަކްޗާ ކުރުމާއެކު މަސްވެރިކަމުގެ ސިނާއަތުގެ ހުރިހާ މައްސަލަތަކެއްހެން ހައްލުވެގެންދާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުއާއެކު ރޭ ހއ. އިހަވަންދޫއަށް ވަޑައިގެން ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ މި ސަރުކާރުގެ ފަސް އަހަރު ނިމިގެންދާއިރު އިރާދަ ކުރެއްވިއްޔާ މަސްވެރިކަމުގެ ސިނާއަތުގައި ހުރި މަައްސަލަތައް ހައްލު ކުރައްވާނެ ކަމަށެވެ.

ޝިޔާމް ވިދާޅުވީ ބޭރުން އިންވެސްޓަރުން އައިސް މަސްވެރި ސިނާއަތަށް އިންވެސްޓްކުރާ ތަނަކަށް ރާއްޖެ ހެދުމަށްޓަކައި ދައުލަތުގެ ކުންފުނި މިފްކޯ ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

ޝިޔާމް ވިދާޅުވީ ރާއްްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި އެންމެ ގިނަ މަސް ގަނެ ބޭރުކުރަނީ މިފްކޯއިން ކަމަށެވެ.

"މިފްކޯގައި ހުރި މައްސަލަތައް ހައްލުވެގެންދާ އިރު އިރާދަ ކުރެއްވިއްޔާ މުޅި [މަސްވެރިކަމުގެ] ސިނާއަތުގެ މައްސަލަތައް ހައްލުވެގެން އެދިޔައީ" ޝިޔާމް ވިދާޅުވި އެވެ.

ސަބްސިޑީއަށް ބަރޯސާ ނުވާ މިންވަރަކަށް މިފްކޯގެ ހިންގުން ކުރިއަށް އޮތް ތިން އަހަރު ދުވަސް ތެރޭގައި ގެނައުމަށް އަމާޒު ހިފައިފައިވާ ކަމަށް ވެސް ޝިޔާމް ވިދާޅުވެފައި ވެއެވެ.

އަދި ސަބްސިޑީއަށް ބަރޯސާ ނުވެ ހިންގޭނެ މޮޑެލްތައް ވެސް އެބަހުރި ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން