މާލޭ ސިޓީގެ މޭޔަރ އާދަމް އާޒިމް
މާލޭ ސިޓީގެ މޭޔަރ އާދަމް އާޒިމް
މާރުކޭޓުގައި ބިދޭސީން ގިނަވުމަކީ ދިވެހި ވިޔަފާރިވެރިންގެ ބޮޑު ކަންބޮޑުވުމެއް ކަމަށް މާލޭ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން (އެމްޓީއޭ) އިފްތިތާހުކުރުމަށް ބީހައިވް ހޮޓެލްގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ، މާލޭ މާރުކޭޓުގައި ގިނަ އަދަދެއްގެ ބިދޭސީން ހަރަކާތްތެރިވުމަކީ ވިޔަފާރިވެރިންގެ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އަދި އެކަން ޙައްލު ކުރެވޭނީ ދަނޑުވެރިކަމުގެ ސިނާޢަތަށް ގިނަ ޢަދަދެއްގެ ދިވެހިން ނިކުމެ މަސައްކަތް ކޮށްގެން ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވަނީ ބިދޭސީން ބެލެހެއްޓުމުގެ ނިޒާމް އިތުރަށް ހަރުދަނާކުރުމަށް ކަމާބެހޭ އިދާރާތަކަށްވެސް އިލްތިމާސް ކުރަށްވާފައެވެ.

"ކީއްވެހޭ ގޮޅިއަށް އެ ގެންނަން އަޅުގަނޑުމެންގެ މީހާ ނެތީ؟ މިކަން ފެށެންވީ ރަށާއި ހިސާބުން. ކީއްވެތޯ؟ ޖަވާބު ބޭނުންވޭ. މި ސުވާލު މި ޝަކުވާ ކުރާތާ އެތައް ދުވަހެއްވެއްޖެ." އާޒިމް ވިދާޅުވިއެވެ.

އެމްޓީއޭގެ ރައީސަކީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަމީތެވެ. ރޭގެ ރަސްމިއްޔާތުގައި އަމީތު ވިދާޅުވީ، ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އިޤްތިސާދީ ގޮންޖެހުން ކަމަށެވެ. އަދި އެ ޖަމިއްޔާއިން ދިވެހި ވިޔަފާރިވެރިންގެ މަސްލަހަތުގައި ވަކާލާތުކޮށް ސަރުކާރާއި ވިޔަފާރިވެރިންނާ ގުޅުވައި ދިނުމަށް މަސައްކަތް ކުރުމާއެކު ރާއްޖެ އާއި ރާއްޖޭން ބޭރުން ދިވެހި ވިޔަފާރިވެރިންނަށް ފުރުސަތުތައް ފަހިކޮށް ދޭނެ ކަމަށް އަމީތު ވިދާޅުވިއެވެ.

އަދި އެޖަމްޢިއްޔާ ވާނީ ވިޔަފާރީގެ ދާއިރާގައި އަންހެނުންނަށް ދިމާވާ މައްސަލަތައް ދެނެގަނެ އަންހެން ވިޔަފާރިވެރިންގެ ބައިވެރިވުން އިތުރުކުރެވޭނެ ގޮތްތަކާއިމެދު މަޝްވަރާކޮށް އެފަދަ ކަންކަމަށް އިސްކަން ދޭނެ ޖަމްޢިއްޔާއަކަށްކަމަށްވެސް އަމީތު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން