ރާއްޖެ އިން މިއަދު 156 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ ނަޒްލާ ރަފީގު ވިދާޅުވީ ފާއިތުވި 24 ގަޑިއިރު ތެރޭ 156 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިއަދު ރާއްޖެއިން ބަލިން ރަނގަޅުވީ ހަ މީހުން ކަމަށް ނަޒްލާ ވިދާޅުވިއެވެ.
މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވް މީހުންގެ ތެރޭގައި 134 ދިވެހިން ހިމެނެއެވެ. ދެން ހިމެނެނީ ބަންގްލަދޭޝްގެ 20 މީހަކާއި އިންޑިއާ މީހަކާއި ސްރީލަންކާ މީހެކެވެ.
މިހާތަނަށް ރާއްޖެއިން ޖުމްލަ 3،949 މީހުންނަށް ކޮވިޑް ޖެހިފައިވާއިރު 2،613 މީހުން ބަލިން ރަނގަޅުވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. ކޮވިޑް ބަލީގައި ރާއްޖެ އިން މަރުވެފައިވަނީ 16 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު