އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ބޭފުޅުންގެ ކެމްޕެއިން ރަސްމީކޮށް ލޯންޗުކުރުން މާދަމާ ރޭ އޮންނާނެ ކަމަށް އެޕާޓީން ބުނެފިއެވެ.

އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ބުނީ މަޖިލިސް އިންތިހާބުގައި އެޕާޓީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕޭނު ރަސްމީކޮށް ލޯންޗުކުރާ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 20:00 ގައި އާޓިފިޝަލް ބީޗުގައި ކަމަށެވެ.

އެމްޑީޕީން ބުނިގޮތުގައި މާދަމާ ރޭ އޮންނަ ޖަލްސާގައި މަޖިލިސް އިންތިހާބަށް އެ ޕާޓީން ގެންގުޅޭ ޝިޔާރާއި ލޯގު އިފްތިތާހުކުރާނެއެވެ. އަދި މާލޭގައި ތިބި، އެ ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުންވެސް މި ޖަލްސާގައި ބައިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްޑީޕީން ބުންޏެެވެ.

ކެމްޕެއިން ރަސްމީކޮށް ލޯންޗުކުރުމަށް މުޅި ރާއްޖޭގައި އެމްޑީޕީގެ މަޖިލިސް ކެމްޕޭނު ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

އެމްޑީޕީން ބުނީ މަޖިލިހުގެ އިންތިހާބުގައި މިފަހަރު އެޕާޓީގެ ފަރާތުން 89 ކެންޑިޑޭޓުން ވާދަކުރާނެ ކަމަށެވެ. އޭގެ ތެރޭގައި މިހާރު ވެސް މަޖިލީހުގައި އެ ޕާޓީ ތަމްސީލް ކުރައްވާ ބޭފުޅުންނާއި ކުރީގެ މެމްބަރުން ވެސް ހިމެނޭކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން