ކެލާ ފަޅުތެރޭގައި ރިޒޯޓެއް ތަރައްޤީކުރުން ހަޤީޤަތަކަށް ހަދައިދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ކެލާ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކެލާ ފަޅުތެރޭގައި ތަރައްޤީކުރެވޭ ރިޒޯޓުގެ ފައިދާ ކެލާއާއި މުޅި އަތޮޅަށް ކުރާނެކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖޭގައި ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުވާވަރަށް ދަނޑުވެރިކަން ތަރައްޤީކުރަން ސަރުކާރުން ކަނޑައަޅާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

އެގޮތުން ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންވާ ވަރަށް ރާއްޖޭގައި އުފެއްދޭ ކާބޯތަކެތި އުފެއްދޭނީ ވަރަށް ފުޅާކޮށް އެ މަސައްކަތްކޮށްގެންކަމަށާއި ކެލާއަކީ މިކަމުގައި މުހިންމު ދައުރެއް އަދާކުރާ ރަށަކަށް ވާންބޭނުންވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގައި އެކި ރަށްރަށުގައި ގެދޮރުވެރިކަން ޤާއިމުކުރުމަށް ހައުސިންގ ޕްރޮޖެކްޓްތައް ހިންގުމަށް ކަނޑައަޅާފައިވާ ޕްލޭންގެ ދަށުން ކެލައަކީ އިސްކަންދޭނެ ރަށެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެގޮތުން އިޤުތިޞާދީ ކަންކަމަށް ފަހިކުރުމަށްޓަކައި އަދި ކެލާ ތަރައްޤީވާނެ ގޮތަށް ގެދޮރުގެ ވަޞީލަތްތަކާ ފަތުރުވެރިކަން، ދަނޑުވެރިކަން ފަދަ ސިނާޢަތްތަކުން ފުރުޞަތުތައް ތަނަވަސްވާ ރަށަކަށް އެރަށް ހަދައިދެއްވާނެކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން