ކޯވިޑް-19 ޖެހިގެން ރާއްޖޭގެ ހޮސްޕިޓަލްތަކުގައި ފަރުވާދޭ މީހުންގެ އަދަދު 72 އަށް އަރައިފިއެވެ.
އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީގު ވިދާޅުވީ މިހާރު ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި 65 މީހަކު އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ ކަމަށެވެ. އޭގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލްގައި ފަސް މީހަކަށް ފަރުވާ ދެމުންދާއިރު ށ.ފުނަދޫ ކޮވިޑް ފެސިލިޓީގައި އެކަކު އަދި ބ.އޭދަފުށީ ކޮވިޑް ފެސިލިޓީގައި އެކަކަށް ފަރުވާ ދެމުންދާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.
އެޗްއީއޯސީ އިން ބުނީ ކޮވިޑް ޖެހިގެން މިހާރު ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި އެކަކަށް ފަރުވާ ދެމުންދާ ކަމަށެވެ. ހުޅުމާލޭ ކޮވިޑް ސެންޓަރުގައި ފަސް މީހަކަށް އައިސީޔޫގައި ފަރުވާ ދެމުން އަންނައިރު އޭގެ ތެރެއިން ދެމީހުންނަށް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައި ކަމަށް އެޗްއީއޯސީ އިން ހާމަކުރެއެވެ.
މިހާތަނަށް ރާއްޖެެއިން ޖުމްލަ 3،949 މީހުންނަށް ކޮވިޑް ބަލި ޖެހިފައިވާއިރު 2،613 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު