ކޯވިޑް-19 އިން ރައްކާތެރި ވުމަށްޓަކާ މާސްކް އެޅުމަށް ސިއްހީ މާހިރުން އިރުޝާދު ދެއްވާ. ފޮޓޯގައި އެވާ ގޮތަށް ގިނެ މީހުންގެ ތެރެއަށް ނުކުންނައިރު މާސްކް އެޅުން ވަރަށް މުހިންމު
ކޯވިޑް-19 އިން ރައްކާތެރި ވުމަށްޓަކާ މާސްކް އެޅުމަށް ސިއްހީ މާހިރުން އިރުޝާދު ދެއްވާ. ފޮޓޯގައި އެވާ ގޮތަށް ގިނެ މީހުންގެ ތެރެއަށް ނުކުންނައިރު މާސްކް އެޅުން ވަރަށް މުހިންމު
މާސްކު ނަގައިގެން ނުވަތަ ތިރިކޮށްގެން މަގުމަތީގައި ދުންފަތުގެ އިސްތިއުމާލުކުރަން ތިބުމަކީ މަނާކަމެއްކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ ނަޒްލާ ރަފީގް ވިދާޅުވީ ބަލިން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން މަގުމަތީގައި މާސްކު އަޅައިގެން އުޅެން މަޖްބޫރުކޮށްފައިވާ ކަމަށެވެ. އެހެންކަމުން މަގުމަތީގައި މާސްކް ނަގައިގެން ދުންފަތުގެ އިސްތިއުމާލުކުރަން ނުތިބެވޭނެކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.

"މަގުމަތީ މާސްކު އަޅައިގެން އުޅެންޖެހޭކަމަށް ވަންޏާ އޮޓެމެޓިކަލީ އޭގެ މާނައަކީ މަގުމަތީގައި ސިނގިރޭޓް ބޯކަށް ނުތިބެވޭނެއޭ މާސްކު ތިރިކޮށްގެން." ޑރ ނަޒްލާ ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި އާއްމުން އެއްވާ ތަންތަނުގައި މާސްކު އަޅަން މަޖްބޫރުކޮށް އެކަން ފުލުހުން އިއްޔެ އިން ފެށިގެން ވަނީ ބަލަން ފަށާފައެވެ. އެ އެންގުމާއި ޚިލާފަށް މާސްކު ނާޅާ އުޅޭ މީހުން 1000 ރުފިޔާއިން ޖޫރިމަނާކުރަން ނިންމާ ސަރުކާރުން ވަނީ އެކަން އިއުލާންކޮށްފައެވެ.

ހެލެތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ ނަޒްލާ ރަފީގް ވިދާޅުވީ މާސްކު ނަޅާ މީހުންނަށް ފުރަތަމަ ފިޔަވަޅު އެޅުމުގެ ބަދަލުގައި ފުލުހުން ފުރަތަމަ ދޭނީ ނަސޭހަތް ކަމަށެވެ. އަދި ޖޫރިމަނާކުރަނީ ދެވަނަ ފަހަރަށްވެސް އެކަން ރަނގަޅު ނުކޮށް އެކަން ތަކުރާރު ކުރާ ނަމަ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

"މިއަދު 116 ފަރާތަކަށް ފުލުހުން ވަނީ ނަސޭހަތްދީފަ. އަދި 4 ފަރާތެއް މިހާތަނަށް ވަނީ، އިއްޔެގެ އެކަކުން ރޭގެ ނުވައެއް ޖެހުމާއި ހަމައަށް ޖޫރިމަނާކޮށްފައި. " ޑރ ނަޒްލާ ވިދާޅުވިއެވެ.

ކޯވިޑާއި ގުޅިގެން ފުރަންބަދުގައި އޮތުމަށްފަހު ދިން ލުއިތަކާއި އެކު ބަލިޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ އާއްމު ތަންތަނަށް ނުކުންނައިރު މާސްކު އެޅުން އިއްޔެ އިން ފެށިގެން ވަނީ މަޖްބޫރުކޮށްފައެވެ. އަދި ،މާސްކު ނާޅާ ފަރާތައް 1000 ރުފިޔާއިން ޖޫރިމަނާކުރަން ވަނީ ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން