ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައި ތިން ވެހިކަލަކަށް އެކިވަރުގެ ގެއްލުން ލިބިއްޖެ އެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގީ ހުޅުމާލެ ފޭސް އެކެއްގައި ނިރޮޅު މަގު ދެވަނަ ރުއްގަނޑާ ހިސާބުން ދުއްވާފައި ދިޔަ ކާރެއްގެ ފަހަތުން އައި ވޭނެއް ޖެހުނު ވަގުތު އެ ކާރު ގޮސް ޕާކު ކޮށްފައި އޮތް ކާރެއްގައި ޖެހިގެން ކަމަށެވެ.

މި އެކްސިޑެންޓް ހިނގިކަމަށް ރިޕޯޓްކުރީ މިއަދު ހެނދުނު 6:20 ކަންހާއިރު ކަމަށް ފުލުހުން ބުނެއެވެ.

އެކްސިޑެންޓްގައި ކާރު އަދި ވޭން ޑްރައިވަރަށް ކުދިކުދި އަނިޔާ ލިބިފައިވާކަމަށް ވެސް ފުލުހުން ބުނެއެވެ. އެއީ 46 އަހަރުގެ މީހަކާއި 52 އަހަރުގެ ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ ދެ މީހުންނަކީވެސް ލައިސަންސް އޮންނަ ދެ މީހުން ކަމަށެވެ.

"އެކްސިޑެންޓްގައި ހިމެނޭ ތިން އުޅަނދަށް ވެސް އެކި ވަރުގެ ގެއްލުން ލިބިފައިވޭ" ފުލުހުން ބުނެއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެއް ވެހިކަލްގެ ކުރީކޮޅު ބަނޑިވެފައިވާއިރު އެހެން ވެހިކަލެއްގެ ފަހަތުކޮޅަށް ވަނީ ބޮޑެތި ގެއްލުން ތަކެއް ވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން