އިންޑިއާގެ ކޯސްޓުގާޑާއެކު ރާއްޖެއިން ކުރިއަށް ގެންދިޔަ ދޯސްތީ އަސްކަރީ ފަރިތަކުރުންތަކާއެކު ރާއްޖެއިން އިންޑިއާ ސިފައިން ބާލާނެކަމާމެދު ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމު ސުވާލު އުފައްދަވައިފި އެވެ.
އެމްއެންޑީއެފްއާއި ސްރީލަންކާގެ ކޯސްޓުގާޑާއެކު މި މަހުގެ 22 އިން 25 އަށް ކުރިއަށް ގެންދިޔަ އެ އަސްކަރީ ފަތިތަކުރުން ތަކަކީ ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި ހަރަކާތްތެރިވުމަށް ހިންގާ ފަރިތަކުރުންތަކެކެވެ.
މިއީ ސިލްސިލާކޮށް 1991 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރުން އެއް އަހަރު ކުރިއަށްގެންދާ ފަރިތަކުރުންތަކެކެވެ.
ރައީސް ޔާމީން އިސްވެ އުފައްދަވަން މަސައްކަތް ކުރައްވާ ޕީއެންއެފުން ރޭ ބޭއްވި ބައްދަލުވުމުގައި އެމަނިކުފާނު ވަނީ ދޯސްތީގެ މި ފަހަރުގެ ފަރިތަކުރުންތަކާއެކު މި ސަރުކާރުން ގެންގުޅޭ އިންޑިއާ ސިފައިން ބޭލުމުގެ ނިޔަތާ މެދު ސުވާލު އުފައްދަވައިފަ އެވެ.
އެގޮތުން އިންޑިއާ ސިފައިން ރާއްްޖެއިން ފައިބަން މުއްދަތުތަކެއް ދީފައި ވަނިކޮށް އަދި އެ ސިފައިން ފައިބާނެކަން ފާޅުގައި އިއުލާންވެސް ކޮށްފައި ވަނިކޮށް އިންޑިއާ ސިފައިން ރާއްޖޭގައި އެހާ ވަރުން ދޯސްތީ ފަރިތަކުރުންތަކެއް ހިންގަން ޖެހޭތޯ ރަައީސް ޔާމީން ސުވާލު ކުރެއްވި އެވެ.
"އިންޑިއާ ބޭނުންވާނެހޭ އެހާވަރު ދޯސްތީ ޕްރޮގްރާމެއް މިތާ ހިންގަން އެ މީހުން މިތަނުން ފައިބައިގެން ދާންޖެހޭއިރު؟" ރައީސް ޔާމީން ވިދާޅުވި އެވެ.
ދެ ބުރަކަށް ބަހާލައިގެން އިންޑިއާ ސިފައިން ރާއްޖެއިން ބާލަން ނިންމާފައި ވަނީ މޭ މަހުގެ 10 ވަނަ ދުވަހުގެ ކުރިންނެވެ.

ކިޔުންތެރިންގެ ހިޔާލު