ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރުމަށްޓަކައި ރައްޔިތުންނާ ކައުންސިލްތަކުގެ ބައިވެރިވުން އިތުރުކުރުމަށް ލޯކަލް ގަވަރނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ގޮވާލައްވައިފިއެވެ.

ލާމަރުކަޒީ ދުވަހާއި ގުޅުވައިގެން މިއަދު އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތައް ބާރުވެެރި ކުރުމަށްޓަކައި ރައްޔިތުންނާއި ގުޅޭ ކަންކަން ރާވާ ހިންގާ ފަރާތްތަކުން ކައުންސިލްތަކާއި ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

އަދި ލާމަރުކަޒީ ހަޔާތުގެ 13 އަހަރު ރާއްޖެއިން ފެންނަން އޮތީ ގައުމު ހިންގުމުގައި މި ނިޒާމު ހަރުދަނާ ކުރުމަށް ބޭނުންވާ ކަންކަން ދެނެގަނެގެން ނޫނީ ލާމަރުކަޒީ ނިޒާމު ރަނގަޅަށް ނުހިންގޭނެކަން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައިވާއިރު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދަނީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް ހަގީގީ މާނައިގައި ބާރުވެރިކަން ދޭނީ މި ސަރުކާރުން ކަމަށް ވިދާޅުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން