ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށް ފަހު ޕާޓީ ބަދަލުނުކުރަން އެމްޑީޕީގެ މަޖިލިސް ކެންޑިޑޭޓުން މިރޭ ހުވާކޮށްފި އެވެ.

އެމްޑީޕީގެ މަޖިލިސް އިންތިހާބުގެ ކެމްޕޭނު ލޯންޗު ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ޕާޓީގެ މަޖިލިސް ކެންޑިޑޭޓުންނަށް ހުވާލައިދިނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެވެ.

އެ ހުވާގައި ބުނަނީ ގޮނޑި ކާމިޔާބު ކުރެވިއްޖެ ނަމަ މަޖިލީހުގެ ދައުރުގެ މުއްދަތުގައި އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުރުމަށާއި، ޕާޓީގެ އަސާސީ ގަވާއިދާއި ޕާޓީގެ އުސޫލުތަކާއި ނިންމުންތަކާއި، ޕާލަމެންޓްރީ ގްރޫޕްގެ ހިންގާ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް އިގުރާރުވެ މާތްﷲ ގަންދީ ހުވާ ކުރާ ކަމަށެވެ.

އެމްޑީޕީން މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް ގެންގުޅޭ ސްލޯގަންއަކީ "މިސްރާބު ހަމަމަގަށް" އެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ 93 ދާއިރާއަށް މެންބަރުން އިންތިހާބު ކުރާނެ އެވެެ. މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި 89 ދާއިރާއަށް ކެންޑިޑޭޓުން ވާދަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން