ގައުމުގެ މިސްރާބު ކަސިޔާރުވެ ހަމައިން ނެއްޓިފައިވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

މަޖިލިސް އިންތިހާބުގެ ކެމްޕެއިނު ރަސްމީކޮށް ލޯންޗު ކުރުމަށް މިރޭ އާޓިފިޝަލް ބީޗުގައި އިދިކޮޅު އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވީ މިސަރުކާރު ކަސިޔާރުވެ ހަމަމަގުން ނައްޓާފައިވާ ކަމަށެވެ. އެހެންކަމުން ސަރުކާރު ހަމަމަގަށް އަޅުވަން ނިކުންނަން ޖެހޭ ކަމަށް ސޯލިހް ވިދާޅުވިއެވެ.

"ގައުމުގެ ހާލަތު އެންމެންނަށް އެބަ އިހުސާސް ކުރެވޭ. ބަލަން ތިބެވޭކަށް ނެތް، މިސްރާބު ކަސިޔާރުވެ ހަމަމަގުން ނައްޓާލައިފި." ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް ދޮގުހަދައި އޮޅުވާލާފައިވާ ކަމަށެވެ. ގައުމުގެ ހާލަތު ބަދަލު ނުކޮށްފި ނަަމަ ކުރިއަށް އޮތް ތަނުގައި ވެސް، މަސްވެރިންނާއި ގޯތި ލިބުނު މީހުންނާއި ދިވެހި ރައްޔިތުންނަށް އޮޅުވާލަމުން ދާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި މިއީ ކުރިއަށް އޮތް އިންތިހާބުގައި ބޮޑު އަޣުލަބިއްޔަތެއް ހޯދަން ޖެހޭ ގިނަ ސަބަބުތައް ކަމަށް ސޯލިހް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން