އަހުޒަމް އަޙްމަދު   27 ފެބްރުއަރީ 2024 - 12:27
ރާއްޖޭގެ ފިލްމީ ތަރި އިބްރާހިމް ޝާކިރު (ޝާކިރުބެ) ނިޔާވެއްޖެ އެވެ.

ދިވެހި ފިލްމު އިންޑަސްޓްރީގެ އެކި ޑްރާމަތަކުންނާއި ފިލްމުތަކުން ފެނިގެން ދިޔަ ޝާކިރުބެ ނިޔާވީ އިއްޔެ އެވެ.

ނިޔާވިއިރު އޭނާގެ އުމުރުން 85 އަހަރެވެ.

"ރަސް"އަށް އެނގިފައިވާ ގޮތުގައި ޝާކިރުބެ ނިޔާވީ ސްޓްރޯކެއް ޖެހިގެން ނެވެ.

ޝާކިރުބެ ގިނަ ފިލްމުތަކުގައި ބައްޕައެއްގެ ރޯލު ކުޅެފައިވާ އިރު އޭނާ އަކީ ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ތަރިއެއް ވެސް މެއެވެ.

އޭނާ ވަނީ ފިލްމެއްގެ ނުބައި ބައި ރޯލުވެސް ކުޅެފަ އެވެ.

އޭގެ އިތުރުން ރަމަޟާން މަހު ގެނެސްދޭ "މުހައްމަދުއް ރަސޫލުﷲ" ސީރީޒްގައި ވެސް އޭނާ އަޑު އަޅާދީފައި ވެއެވެ.

ސަރުކާރަށް 35 އަހަރު ހިދުމަތްކޮށްދީފައިވާ ޝާކިރުބެ ނިޔާވުމާ ގުޅިގެން ފިލްމީ ތަރިންނާއި ޝާކިރުބެގެ "ފޭނުން" ދަނީ ތައުޒިޔާ ކިޔަމުން ނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން