އެމްޑީޕީގެ ލީޑާޝިޕްގައި އަދިވެސް ދެމި ހުންނަވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރައީސް ކަމުގައި ކުރިން ހުންނެވީ ރައީސް މުހައްމަދު ނަޝީދު އެވެ. ނަމަވެސް އެމަނިކުފާނު އެމްޑީޕީގެ ރައީސް ކަމުން އިސްތިއުފާ ދެއްވިފަހުން ވަގުތީ ރައީސްގެ މަގާމު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފުރުއްވި ނަމަވެސް ދާއިމީ މަގާމަށް ރައީސް ސޯލިހު ކުރިމައްޗެއް ނުލައްވަ އެވެ.

އެ މަގާމު މިހާުރު ފުރުއްވަމުން ގެންދަވަނީ ކުރީގެ ފޮރިން މިނިސްޓަރު އަދި އދ. ގެ އާންމު މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދެވެ. އެ މަގާމަށް ކުރިމަތިލެއްވީ ވެސް ޝާހިދު އެކަންޏެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ޥާދަކުރާ ކެންޑިޑޭޓުން ތައާރަފްކުރުމަށް ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީގެ އަމާޒަކީ ޕާޓީގެ ލީޑާޝިޕްގައި ގިނަ ބަޔަކު ޝާމިލުވެގެން އެކީގައި މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމުކުރުން ކަމަށެވެ.

ހަމަ އެހެންމެ އެމްޑީޕީގެ ރައީސްގެ މަގާމާ ޝާހިދު ހަވާލުވެވަޑައިގަތުމަކީ އިތުރު ހިތްވަރެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުގެ އަަމާޒަކީ އަދިވެސް ގިނަ ބަޔަކު ޕާޓީގެ އިސް މަގާމުތަކުގައި ހަަރަކާތްތެރިވެ ކުރިއަށް ދިއުމަށް މަސައްކަތް ކުރުން. ތިޔަ ބޭފުޅުުންނަށް ޔަގީންކޮށް އަޅުގަނޑު އަރުވަން އަޅުގަނޑު މި ޕާޓީގައި ހުންނާނަމޭ. ލީޑާޝިޕްގައި އަޅުގަނޑު ހުންނާނަން." ރައީސް ސޯލިހު ވިދާޅުވި އެވެ.

ހަމަ އެހެންމެ އެމްޑީޕީއަށް ދިމާވާ ދަތި އުނދަގޫ ދަނޑިވަޅެއްގައި ޕާޓީ ތަރުތީބުކުރަން ހުންނަވާނެ ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން