ކުޅުދުއްފުށި ސިޓީގައި މި އަހަރު 3400 ހައުސިން ޔުނިޓް އަޅަން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށީ ސިޓީގައި ރޭ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އުތުރުގެ ސަރަހައްދީ ޒޯންގެ މައި ހަބަކީ އެ ސިޓީ ކަމަށެވެ. އެހެންކަމުން އެ ސިޓީގެ ތަރައްގީއަށް ކޮންމެހެންވެސް އިސްކަންދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ކެމްޕޭންގައި ވައުދުވެވަޑައިގެންނެވީ 2000 ހައުސިން ޔުނިޓް އެޅުމަށް ކަމަށެވެ. ހަމަ އެހެންމެ ސޮއި ކުރެވި ނުފެށި ދެ މަޝްރޫއެއް އެބައޮތްކަން ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.
"އެހެންވީމާ އެ ދެ މަޝްރޫއުގެ ކަންތަކާ އަދި އިތުރު 2000 ހައުސިން ޔުނިޓްގެ މަސައްކަތާ އެކުއެކީގައި ކުރިއަށް ގެންދިއުމަކީ އަޅުގަނޑުމެންގެ ވިސްނުން މި އަހަރުގެ ތެރޭގައި. އެހެންވީމާ އެ މަސައްކަތް އެގޮތަށް ކުރިއަށް ގެންދާ ކަމަށްވަންޏާ ބަރާބަރަށް 3400 ޔުނިޓް އެ ހަމަވަނީ." ރައީސް ވިދާޅުވި އެވެ.
އެއާއެކު ކުޅުދުއްފުއްޓަށް ދިމާވެފައިވާ ބޯހިޔާވާހިކަމުގެ މައްސަލަ ކޮންމެވެސް ވަރަކަށް ހައްލުވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ނަމަވެސް އެއީ ވެސް އަދި ޖުމްލަ ހައްލެއް ނޫން ކަމަށާއި އެއީ ފެށުމެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ނަތީޖާ ނެރެދެއްވާނެ ކަމަށާއި އަދި ކުޅުުދުއްފުށީގައި ގެދޮރުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދެއްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު