ހިނގަ ހިނގާ ހުރި މަޝްރޫއުަތަކަށް ވެސް އެކަށީގެންވާ ވަރަށް ބަޖެޓު ދީފައި ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށި ސިޓީގައި ރޭ ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން މި އަހަރަށް ބެޖެޓު ފާސްކޮށްދިން އިރު ހިނގަ ހިނގާ ހުރި އެތައް މަޝްރޫއެއް ނިންމޭނެ ވަރާ ގާތަށް ވެސް ފައިސާ ބަޖެޓުގައި ހިމެނިޔަ ނުދިން ކަމަށެވެ.

ނަމަވެސް މިއީ ދުވަހަކުވެސް ރާއްޖޭގައި ކުރިން އަމަލުކުރި ގޮތެއް ނޫން ކަން ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.

އެގޮތުން ހިނގަ ހިނގާ އޮތް މަޝްރޫއަކަށް ބާކީ 50 މިލިއަން ބޭނުންވާ އިރު ބަޖެޓު ދެނީ 10 ވަރަކަށް މިލިއަން ރުފިޔާކަން ރައީސް ފާހަގަ ކުރެއްވި އެވެ.

"އެހެންވީމާ ބައެއް ކަންކަން ލަސްވޭ އެބަކުރަން، އަޅުގަނޑުމެން ހުރިހާ ކައުންސިލަކާ ބައްދަލުކުރާ އެންމެ ބޮޑު އެއް ކަމަކީ އެއީ. މިވެނި މަޝްރޫއެއް ފެށިފައޭ. އެހެން ނަމަވެސް ވަރަށް ލަހޭ ހިނގާލެއް. އެހެން އެވަނީ އަޅުގަނޑުމމެންނަށް ފައިސާ ދޫކުރެވެން އަންނަނީ ކޭޝް ފްލޯ މެނޭޖުކުރަމުން." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ބަޖެޓަށް ނުލިބުނު ނަމަބެސް ހަފްތާ 14 ގައި ކުރަން އަމާޒު ހިފި ހުރިހާ ކަމެއްހެން ކުރވިފައިވާ ކަމަށެވެ،

ރައީސް ވިދާޅުވީ ސަރުކާރަށް އެއްބާރުލުން ދޭ މަޖިލީހަށް އޮންނަނަމަ މަޝްރޫއުތައް މާ ފުރިހަމަކޮށް އަދި ބާރުމިނުގައި ކުރިއަށް ގެންދެވޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން