ކޯވިޑް-19 ޖެހިގެން 17 ވަނަ މީހަކު ރާއްޖެއިން ނިޔާވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ނޭވާލާން އުނދޫވެގެން 52 އަހަރުގެ ދިވެހި އަންހެނަކު އައިޖީއެމްއެޗަށް ދިޔައީ އިއްޔެ ހަވީރު 4:40 ހާއިރު ކަމަށެވެ. އަންހެން މީހާ ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ އިއްޔެ ހަވީރު ކަމަށެވެ.
ކޮވިޑަށް ޕޮޒިޓިވްވި 71 އަހަރުގެ އަންހެނަކު ވެސް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ނިޔާވެފަ އެވެ. އޭނާ އަކީވެސް ނޭވާލާން އުނދަގޫ ވެގެން އެ ދުވަހުގެ ހެނދުނު އައިޖީއެމްއެޗްގެ އީއާރުން ފަރުވާ ހޯދަން ދިޔަ މީހެކެވެ.
ކޯވިޑް-19 ގައި މިހާތަނަށް ރާއްޖޭން މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 11 ދިވެހިންނާއި ހަ ބިދޭސީންނެވެ.
ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވް މީހުންގެ އަދަދު މިހާރު ވަނީ 3،949 އަށް އަރައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު