ރާއްޖެއަށް ބާރު ސްޕީޑްގައި ތަރައްގީ ގެނެވޭނީ ރައްޔިތުންގެ މަޖިލިސް ސަރުކާރަށް ލިބިގެން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ށ. މިލަންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މި ސަރުކާރު ވެރިކަމާއި ހަވާލުވި ފުރަތަމަ ދުވަހުން ފެށިގެން ރައްޔިތުންގެ މަޖިލީހުން ސަރުކާރުގެ މަސައްކަތްތަކަަށް ހުރަސް އަޅަމުން ގެންދާ ކަމަށެވެ. ސަރުކާރުން ކުރާ ކަންކަން ހުއްޓުވާ މަޖިލީހެއް އޮންނަ ނަމަ ތަރައްގީއަށް ހުރަސް އެޅޭނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ މަޖިލީހުން ސަރުކާރަށް ހުރަސް އަޅަނީ އެއްވެސް އަސާސެއް ސަބަބެއް ނެތި ކަމަށެވެެ. އެހެންކަމުން އެފަދަގޮތަކަށް މަސައްކަތް ކުރާ މަޖިލީހެއް އޮވެގެން އެއްވެސް މަސައްކަތެއް ބާރު ސްޕީޑެއްގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ ބާރު ސްޕީޑްގައި ރާއްޖެއަށް ތަރައްގީ ގެނައުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ގޮވާލައްވާފައެވެ.

"ބާރު ސްޕީޑްގައި ތަރައްގީ މި ގެންދެވެނީ ރައްޔިތުންގެ މަޖިލީހުން އެ އެއްބާރުލުން ލިބޭ ކަމަށް ވަންޏާ، ރައްޔިތުންނަަށް ފެންނާނެ މިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި ކަންތައްވަމުން ދިޔަ ގޮތް އެއްވެސް ކަހަލަ އަސާސެއް ސަބަބެއް ނެތި އަޅުގަނޑުމެން ކުރާ ކަންކަމަށް ހުރަސް އަޅަން ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކުރަމުންދިޔަ ތަން ރައްޔިތުންނަށް ފެންނާނެ، މިގޮތަަށް ހިނގާ މަޖިލީހެއް އޮވެގެން ބާރު ސްޕީޑްގައި ކަންކަމެއް ނުހިންގޭނެ." ރައީސް މުޢިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން