ބޮޑެތި ކުށްތައް ކުރުމަށް ފަހު ކުށްވެރިންނަށް އަދަބެއް ނުލިބި ސަލާމަތް ވެވޭތީ ޖިނާއީ އަދުލުގެ ނިޒާމްގެ ތެރެއިން ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ސަރުކާރުން ދިރާސާ ކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެެ.

ރ. މީދޫ މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލި އެންމެންގެ މައްޗަށް ވެސް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވުމާ ގުޅިގެން ހޯމް ލޭންޑް އެންޑް ސެކިއުރިޓީ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެކަމަކީ ސަރުކާރުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

އަދި އާންމުންގެ ތެރޭގައި ހާމަކަން ބޮޑު ގޮތެއްގައި މީހެއްގެ ފުރާނައަށް ގެއްލުން ދިން ނަމަވެސް އެ މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތަކަށް އަދަބު ނުލިބި ދިނުމަކީ ތަންފީޒީ އިދާރާތަކާއި އަދުލް އިންސާފު ގާއިމް ކުރާ މުއައްސަސާތަކަށް ރައްޔިތުންގެ އިތުބާރު ކުޑަވެގެންދާނެ ކަމެއް ކަމަށް އެ މިނިސްޓްރީން ނެރުނު ބަޔާނުގައިވެއެވެ.

އަދި އޭގެ ސަބަބުން ގާނޫނީ ބާރު ނެގެހެއްޓުމަށް ހުރަސް އެޅި ކުށް ކުރާ ފަރާތްތަކަށް ކުށް ކުރުމަށް ފަހު ގާނޫނީ އަދަބުން ބަރީއަވެވޭނެ ކަމުގެ ޔަގީންކަން ލިބިގެންދާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

"މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިޔުމަށާއި ގާނޫނުގެ ބާރު ނެގެހެއްޓުމަށް ޖިނާއީ އަދުލުގެ ނިޒާމްގެ ތެރޭގައި ހިމެނޭ ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތަކަކީ ކޮބައިތޯ ބެލުމުގެ މަސައްކަތް ބަންޑާރަ ނައިބުގެ އޮފީހުން މިހާރު ވަނީ ފަށާފައި،" ބަޔާނުގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން