އުފަންވާ ކުދިންގެ އަދަދު ދަށްވެ މަސައްކަތުގެ އާބާދީ ދަށަށް ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުައްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އާބާދީ އޮތްގޮތާއި ގުޅޭގޮތުން ބޭއްވި މަތީ ފަންތީގެ ބައްދަލުވުމެއްކަމަށްވާ "ޗޭންޖިން ޕޮޕިއުލޭޝަން ޑައިނަމިކްސްއިން މޯލްޑިވްސް" ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ސާޖިދާ ވިދާޅުވީ އަތޮޅުތަކުގައި ދިރިއުޅޭ ޒުވާނުން އެ މީހުންގެ ދުވަސްވީ އާއިލާ މީހުން ދޫކޮށް ހިޖުރަމުންދާ ކަމަށެވެ.

އެއާއެކު ކުދި ރަށްރަށުގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި މުޅި ދުނިޔޭގައި ވެސް އެ "ޓްރެންޑް" ފެންނަމުންދާ ކަމަށް ވެސް ސާޖިދާ ވިދާޅުވި އެވެ.

"އުފަންވާ ކުދިންގެ އަދަދު މަދުވަމުންދާ ދިއުމާއެކު މަސައްކަތް ކުރާ މީހުންގެ އާބާދީ މުސްތަގުބަލުގައި ދަށްވުމުގެ ކަންބޮޑުވުން އެބައޮތް. އެހެންކަމުން މުސްތަގުބަލުގައި އަޅުގަނޑުމެންނަށް ބޭނުންވާ ހިދުމަތްތައް ދިނުމަށް ތައްޔާރުވުމަށް ވަގުތު އޮއްވައި ފިޔަވަޅުތަކެއް ދުރާލާ އަޅަން ޖެހޭ." ސާޖިދާ ވިދާޅުވި އެވެ.

އުފަންވާ ކުދިންގެ އާބާދީ ދަށަށް ދާން ފަށައިފައިވާތީ ރާއްޖޭގެ އެހެނިހެން އިދާރާތަކުން ވެސް މީގެ ކުރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އަދި 50 އަހަރު ފަހުން ރާއްޖޭގައި އޮންނާނީ މުސްކުޅި އާބާދީއެއް ކަމަށް ބުނެ ދުވަސްވީ އާބާދީއަކަށް ހިދުމަތްތައް ދިނުމަށް އަވަހަށް ތައްޔާރުވާން ޖެހޭކަން އެ އިދާރާތަކުން ފާހަގަކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން