ރާއްޖެއަށް ދިމާވެފައިވާ މާލީ މައްސަލަތަކަށް ހައްލު ހޯދަން ރާއްޖޭގެ ވަފުދެއް އިނގިރޭސިވިލާތަށް ދާން ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ށ. މިލަންދޫއަށް ކުރެއްވި ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގެން އެ ރަށުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ މާލީ ކަންކަމުގައި ރާއްޖެ ދެން މިސްރާބު ބައްޓަން ކުރާނެ މޮޑާން ނުވަތަ ޒަމާނީ ހައްލު ހޯދުމުގެ ގޮތުން އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނަށް ދަތުރު ކުރަން އިނގިރޭސި ސަރުކާރުން ވަނީ ރައީސަށް އިންތިޒާމު ފަހިކޮށްދީފައިވާ ކަމަށެވެ.

އެ ދަތުރުގައި އިނގިރޭސިވިލާތުގެ އެންމެ ކުރިއަރާފައިވާ މާލީ ނިޒާމުތަކާ ވާހަކަ ދެއްކޭނެ ކަމަށް ސައީދު ވިދާޅުވިއެވެ.

އެ ވަފުދު އިނގިރޭސިވިލާތަށް ދަތުރުކުރާނީ އަންނަ މޭ މަހުގެ 15 ވަނަ ދުވަހު އެވެ.

އެގޮތުން ލަންޑަންގެ ދަތުރަށް ފަހު ޖުލައި މަހުގެ 10 ވަނަ ދުވަހު ރާއްޖޭގެ ވިޔަފާރީގެ ވަފުދެއް އެމެރިކާގެ ވެރިރަށް ވޮޝިންގޓަނަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އެ ދަތުރަކީ ވެސް އެމެރިކާއިން މި ސަރުކާރުން ފަހިކޮށްދިން ފުރުސަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން