ފާނަބަސަންދު ފެތުރޭތީ ސަމާލުވާން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭއިން ބުނީ ފާނަބަސަންދުގެ ކޭސްތައް މިހާރު ފެންނަމުންދާލެއް އިތުރުވަމުންދާ ކަމަށެވެ. ނަމަވެސް ފެނުނީ ކިހާ ކޭސްއެއް ކަމެއް ހާމައެއް ނުކުރެއެވެ.

ފާނަަބަސަންދުގެ ކޭސްތައް އިތުުރުވަމުންދާތީ އެ ބަލިން ސަލާމަތްވާނެ ގޮތުގެ އިރުޝާދު ވެސް އެޗްޕީއޭއިން ވަނީ ދީފަ އެވެ.

ގައިން ގަޔަށް ހަލުވި ކަމާއެކު އަރާ ފާނަބަސަންދު، ނޭވާލާ ނިޒާމުގެ ތެރެއިން ޖެހޭއިރު ބިހި ނަގާފައި ހުރި މީހެއްގެ ގައިގައި ބީހުމުން ނުވަތަ ބަލި ޖެހިފައިވާ މީހެއްގެ ތުވާލި ބޭނުން ކުރުމުން ވެސް އެ ބަލި ފެތުރެ އެވެ.

އެ ބަލީގެ އަލާމަތްތަކުގެ ތެރޭގައި ހުން އައުމާއި ވަރުދެރަވުމާއެކު ނޭފަތުން ފެން އައުމާއެކު ހަމުގައި ބިހިތަކެއް ނެގުން ހިމެނެ އެވެ.

މި ބަލި ޖެހިއްޖެ ނަމަ ގޭގައި އުޅޭ އެހެން މީހުންނާ އެކަހެރިވުމަށާއި އަދި ބަލި ރަނގަޅުވަންދެން ހިފާ ގެންގުޅޭ ތަކެތި ވަކިން ގެންގުޅުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ހަމަ އެހެންމެ ބަލިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށާއި އެ ވެކްސިން ފާމަސީތަކުން ލިބެން ހުންނާނެ ކަަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން