ރައްޔިތުން ބޭނުންވާ ގޮތަށް ށ. ފުނަދޫގައި އޮންނަ އެއާޕޯޓް ތަރައްގީ ކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު އުތުރަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ފުނަދޫއަށް މިއަދު ވަޑައިގެން އެމަނިކުފާނު ވިދާޅުވީ ފުނަދޫގެ ތަރައްގީއަށްޓަކައި ގިނަ ކަންތައްތަކެއް ކުރަން އެބަހުރި ކަމަށެވެ.

އަދި އެކަންކަން ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ދެއްވި އެވެ.

އެގޮތުން އެ ރަށުގައި މިހާރު ހުންނަ ހޮސްޕިޓަލުގެ ފެންވަރު ހަގީގީ މާނަގައި ރަނގަޅުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން އެއާޕޯޓުގެ ޖާގަ އިތުުރުކޮށް އެއާޕޯޓަށް ޖައްސާ ފްލައިޓްތައް އިތުރުކޮށް އަދި ހިދުމަތްތައް އިތުރުކުރުމުގެ މުހިންމުކަން ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.

އެހެންކަމުން ރައްޔިތުން އެދޭ ގޮތަށް އެއާޕޯޓު ބޮޑުކޮށް ތަރައްގީ ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެންވީމާ އެއާޕޯޓް ބޮޑުކޮށް ބިން އިތުރުކޮށް ބަނދަރު ރަނގަޅު ފެންވަރަކަށް ހަދައި މަގުތައް ހެދުން މިއީ އެކުއެކީގައި ގެންދަން ޖެހޭ ކަންކަން. އެހެންވީމާ މި ވިސްނުމުގައި ފުނަދޫގެ ރައްޔިތުންގެ ތަރައްގީއަށްޓަކައި ކުރަން ނިންމާފައިވާ ކަމަށް ދަންނަވާލަން." ރައީސް ވިދާޅުވި އެވެ.

ހަމަ އެހެންމެ ޒުވާނުން ކުޅިވަރު ކުޅުމަށް އެކި ވަސީލަތްތައް ގާއިމުކޮށްދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން