އދ. ގެ ޚާއްޞަ ރެޕެޓުއާ ޑރ. އަހުމަދު ޝަހީދު
އދ. ގެ ޚާއްޞަ ރެޕެޓުއާ ޑރ. އަހުމަދު ޝަހީދު
ސަރުކާރުގައި މުޅިންވެސް ތިއްބެވީ ނަމުން "މަންޑޭލާ" ހެދިގެން އުޅުއްވާ ބޭފުޅުން ކަމަށް ވިދާޅުވެ އދ. ގެ ޚާއްޞަ ރެޕެޓުއާ ޑރ. އަހުމަދު ޝަހީދު ސަރުކާރުގެ އިސް ބޭފުޅުންނަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ވަކި ބޭފުޅެއްގެ ނަން ވިދާޅުނުވެ ޑރ. ޝަހީދު މިފަދަ ރައްދެއް ސަރުކާރުގެ އިސް ފަރާތްތަކަށް އަމާޒުކޮށް ދެއްވާފައިވަނީ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން ގެންދާ ބޮޑުފިނޮޅުގައި ދާދިފަހުން ހިނގާދިޔަ ހަމަނުޖެހުމަށްފަހު އެރަށުގައި ހަވާލުވާނެ ބަޔަކު ނެތިފައި ތިބި ބިދޭސީ މަސައްކަތްތެރިންނާއި މެދު ކަންކަން ހިނގަމުންދާ ގޮތުން ހިތްހަމަ ނުޖެހިގެން މީހަކު ކޮށްފައިވާ ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ.

"ސަރުކާރުގ ހައްތަހާވެސް ތިބީ ނަމުން "މަންޑޭލާ" ހެދިގެން އުޅޭ ބޭފުޅުން" ޑރ. ޝަހީދު ވިދާޅުވެފައި ވެއެވެ.

ޖުމްލަ ގޮތެއްގައި ޑރ. ޝަހީދުގެ މި ވާހަކައަކީ މުޅި ސަރުކާރުގައި ތިއްބެވި އިސް ބޭފުޅުންނަށް ރައްދުވާ ގޮތަށް ވިދާޅުވެފައިވާ ވާހަކަފުޅަކަށް ވި ނަމަވެސް ރާއްޖޭގެ މަންޑޭލާގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރާ އެއް ބޭފުޅަކީ ރައީސް މުހައްމަދު ނަޝީދެވެ. އެހެން ނަމަވެސް ޑރ. ޝަހީދުގެ މިވާހަކަ ރައްދު ކުރައްވާފައިވަނީ ބިދޭސީންގެ މައްސަލަ ހައްލު ކުރެއްވުމުގެ ޒިންމާ މިހާރު ނަންގަވަން ޖެހޭ އިކޮނަމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލަށް ކަމަށް ގަބޫލުކުރެވެއެވެ.

ޑރ. ޝަހީދު އިތުރަށް ވިދާޅުވީ ސަރުކާރުގެ އިސް ބޭފުޅުން "މަންޑޭލާ" ހެދިގެން އުޅުއްވި ނަމަވެސް ރާއްޖޭގައި ފެންނަމުން ދަނީ ނުވަތަ ހިނގަމުންދަނީ ނަސްލީ ތަފާތުކުރުންތަކުގެ ސިފަތައް ފެންނަމުންދާ ވެރިކަމެއް ކަމަށެވެ.

ޑރ. ޝަހީދު ސަރުކާރުގެ ވެރިންނަށް މިފަދަ ވަރުގަދަ ރައްދެއް ދެއްވާފައި މިވަނީ ބޮޑުފިނޮޅުގައި ހިނގާދިޔަ ހަމަނުޖެހުމަށްފަހު ބޮޑުފިނޮޅު ތަރައްގީ ކުރާ ކުންފުންޏާއި އެރަށުގައި މަސައްކަތްތައް ހިންގި ކުންފުނިންވެސް އެރަށުގައި ތިބި ބިދޭސީންނާއި ހަވާލުވާން ދެކޮޅު ހަދާފައިވާއިރު އެރަށުން ފެނާއި ކަރަންޓުވެސް ކަނޑާލާނެ ކަމަށް އެރަށް ތަރައްގީ ކުރާ ސީލް ކުންފުނިން ބުނެފައި ވާތީ އެ ޚިދުމަތްތަކަކީ މިފަދަ ރޯގާބަލިމަޑުކަމެއް ފެތުރެމުންދާ ދުވަސްވަރެއްގައި ކަނޑާ ނުލެވޭނެ ޚިދުމަތްތަކެއް ކަމުގައި ބުނެ މީހަކު ކޮށްފައިވާ ޓްވީޓަކާއި ގުޅިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު


-5

ބިސް

03-Aug-2020

ބޭސް ހުސްވީތަ?



ޓްރެންޑިން