ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް ފާހަގަ ކުރެވޭނަމަ އޭސީސީއަށް ހުށަހެޅުމަށް އެ އިދާރާއިން އިލްތިމާސްކޮށްފި އެވެ.

މަޖިލިސް އިންތިހާބަށް ކެންޑިޑޭޓުން ތާއިދު ހޯދުމަށް މަސައްކަތް ކުރަމުންދާ އިރު އެ ތާއިދު ހޯދުމަށް މަސައްކަތް ކުރާ ފަރާތްތަކުން ބައެއްކަންކަމަށް ސަމާލުވުމަށް އޭސީސީން މިއަދު ކުރި އިއުލާނެއްގައި ވަނީ ބުނެފަ އެވެ.

އެގޮތުން ވަކި ފަރުދަކަށް ނުވަތަ ޖަމާއަތަކަށް ނުވަތަ އާންމު ފައިދާއަށް ސީދާ ގޮތުންނާއި އަދި ނުސީދާ ގޮތުން ވެސް އެއްވެސް ފައިސާއެއް ނުވަަތަ މަންފާއެއް ނުވަތަ އެ ނޫންވެސް އެއްޗެއް ނުދިނުމަށް ނުވަތަ އެއްވެސް ބާވަތެއްގެ ހިދުމަތެއް ފޯރުކޮށްނުދޭން ވަނީ އިލްތިމާސްކޮށްފަ އެވެ.

އޭގެ އިތުރުން ކެންޑިޑޭޓުންނަށް ތާއިދު ހޯދުމަށް މަސައްކަތް ކުރުމުގައި ގާނޫނުތަކާއި ގަވައިދުތަކާއި އަދި އުސޫލުތަކާއި ހިލާފަށް ދައުލަތުގެ ވަސީލަތްތައް ބޭނުން ނުކުރަން ވެސް ހަނދާންކޮށްދީފައި ވެއެވެ.

"ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް ފާހަގަ ކުރެވޭނަމަ އެ މައްސަލަްއެއް ކޮމިޝަނަށް ހުށަހެޅުއްވުން އެދެމެވެ. އެފަދަ މައްސަލަތައް ކޮމިޝަންގެ ވެބްސައިޓްގައިވާ އިންތިހާބަށް ހާއްސަ ކުރެވިފައިވާ ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ އެވެ" އޭސީސީގެ އިއުލާންގައި ބުނެފައި އެވެ.

އަންނަ މަހު 17 ވަނަ ދުވަހު މަޖިލިސް އިންތިހާބު ބާއްވަން ތައްޔާރުވަމުންދާ އިރު ޕާޓީތަކުން ކެމްޕޭންތައް ވަރަށް ފޯރީގައި ދަނީ ކުރަމުން ނެވެ،


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން