އިންތިޚާބުތައް ރޯދަ މަހު ނުބޭއްވޭނެ ކަމަށް ކަނޑައަޅާ ބިލް ރައްޔިތުންގެ މަޖިލީހުން ދެވަނަ ފަހަރަށް ފާސްކުރުމުން ވެސް، އެ އިންތިޚާބު އޮންނާނީ ރޯދަ މަހުގެ ހަތް ވަނަ ދުވަސް ކަމަށްވާ މާޗު 17ގައި ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ނ. ހޮޅުދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ގައުމުގެ މުސްތަގުބަލު ބިނާ ކުރުމަށްޓަކައި ވަރަށް މުހިންމު ޒިންމާއެއް އަދާކުރަން ޖެހޭ ދުވަސް ކައިރިވެފައިވާ ކަމަށެވެ. އެގޮތުން 17 މާޗުގައި އޮންނަ އިންތިޚާބުގައި މުސްތަގުބަލަށް ރަނގަޅު ނިންމުމެއް ނިންމުމަށް ރައީސް ވަނީ އެދިވަަޑައިގެންފައެވެ.

ރައީސް މުޢިއްޒު ވިދާޅުވީ ޝަރުއީ ދާއިރާގެ މައްޗަށް މަޖިލީހުން ބާރު ހިންގަމުން ގެންދާ ކަމަށެވެ. އަދި ސުޕްރީމް ކޯޓުން އަމުރެއް ނެރުނަސް މަޖިލީހުން އެ އަމުރަށް ގަދަރު ނުކުރާ ކަމަށް ރައީސް ވިދާޅުވިއެވެ.

މަޖިލިސް އިންތިޚާބުގައި ވޯޓު ދިނުމުގައި، ރައްޔިތުން ބޭނުންވާ ފަދަ ގައުމެއް ބިނާ ކުރުމުގެ ނިންމުމެއް ނިންމަން ޖެހޭނެ ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެމަނިކުފާނާއި ދިވެހި ރައްޔިތުންނަށް ވާނުވާ އޮޅިފައި ނެތް ކަމަށާއި ފެންނަމުންދާ މަންޒަރުތަކަށް ޣާފިލުކަން މަތީގައި ޣާފިލުވެ ތިބުމަކީ އަމިއްލަ ނަފުސަށް އޮޅުވާލާ އޮޅުވާލުމަކަށް ވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަޖިލީހުގެ މެމްބަރުން އަމަލުކުރަނީ ވަކި ފަރާތަކުން އޯޑަރު ދިނުމުން، "އަޅުން" މަސައްކަތް ކުރާގޮތަށް ކަމަށެވެ.

"އަޅުންތަކެއްގެ ގޮތުގައި ތިބޭ މެންބަރުންތަކެއް މަޖިލީހަށް ވެއްދުމަކީ އެއީ މިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް ފެނުނު މަންޒަރު ތަކުރާރުވެ، ދުވަހަކު ވެސް ރާއްޖެއަށް އަނބުރާ ދެން އިޔާދަ ނުކުރެވޭނެ ހިސާބަށް އަޅުގަނޑުމެންގެ ގައުމުގެ ކަންކަން ދާނެ ކަމެއް،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ ށ. ގައި ބުނަނީ، ރައްޔިތުންގެ މަޖިލީހަށް ރައީސް އަނބުރާ ފޮނުވާ ބިލެއް އެއްވެސް ބަދަލެއް ނުގެނެސް މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފި ނަމަ "އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާންވާނެ" ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން