ސަރުކާރަށް އެކަނި ކޮވިޑް-19 ކޮންޓްރޯލް ނުކުރެވޭނެ ކަމަށް ކުރީގެ ހެލްތު މިނިސްޓަރ ޑރ. އަހުމަދު ޖަމްޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ހެލްތް މިނިސްޓަރު ކަން ކުރެއްވި ޖަމްޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބަލި ކޮންޓްރޯލް ކުރުމުގެ ޒިންމާ ސަރުކާރާ އެއްވަރަށް އަމިއްލަ ފަރުދުންނާއި ޖަމިއްޔާތަކަށް ވެސް އެބައޮތް ކަމަށެވެ.
"އަޅުގަނޑުމެންގެ އުޅުމާއި ދިރިއުޅުމުގެ އާދަކާދަތައް އެސެސްކޮށް، އަޅުގަނޑުމެން ކޮންމެ މީހަކަށް އޮންނަ ދައުރު އަދާކޮށް، ބަލި ފެތުރެމުންދާ މިންވަރު ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަން ޖެހޭ." ޖަމްޝީދު ވިދާޅުވިއެވެ.
ޑރ. ޖަމްޝީދު މިހެން ވިދާޅުވެފައި މިވަނީ ކޯވިޑް ކޮންޓްރޯލް ކުރުމަށް ސިއްހީ މާހިރުންގެ ލަފައާއެކު ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް އާންމުން ތަބާނުވުމުގެ ސަބަބުން ބަލި އިތުރަށް ފެތުރި ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ އެކަމަށް އިޝާރާތް ކުރައްވައެވެ. ސިއްހީ މާހިރުންގެ އިރުޝާދުތަކަށް ތަބާނުވެ ބަލިން ރައްކާތެރުވުމަށް އަމަލު ކުރަން ކަނޑައަޅާފައިވާ އުސޫލު ތަކަށް ތަބާނުވާ އާންމު ޚިދުމަތްދޭ ތަންތަނާއި މެދު މިހާރު ވަނީ ހަރުކަށި ފިޔަވަޅު އަޅަން ފަށާފައެވެ.
އިއްޔެވެސް ރާއްޖެއިން 156 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. އޭގެ ތެރޭގައި 134 ދިވެހިން ހިމެނެއެވެ.

Governments alone can’t control diseases.
— Jamsheed (@ahmedjamsheed) August 2, 2020
Individuals & communities are equally responsible for it.
Let’s assess our own behaviour & habits everyday, & see how we can do our part better, to break the chain of transmission. #Covid_19
ޑރ. ޖަމްޝީދު މިހެން ވިދާޅުވެފައި މިވަނީ ކޯވިޑް ކޮންޓްރޯލް ކުރުމަށް ސިއްހީ މާހިރުންގެ ލަފައާއެކު ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް އާންމުން ތަބާނުވުމުގެ ސަބަބުން ބަލި އިތުރަށް ފެތުރި ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ އެކަމަށް އިޝާރާތް ކުރައްވައެވެ. ސިއްހީ މާހިރުންގެ އިރުޝާދުތަކަށް ތަބާނުވެ ބަލިން ރައްކާތެރުވުމަށް އަމަލު ކުރަން ކަނޑައަޅާފައިވާ އުސޫލު ތަކަށް ތަބާނުވާ އާންމު ޚިދުމަތްދޭ ތަންތަނާއި މެދު މިހާރު ވަނީ ހަރުކަށި ފިޔަވަޅު އަޅަން ފަށާފައެވެ.
އިއްޔެވެސް ރާއްޖެއިން 156 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. އޭގެ ތެރޭގައި 134 ދިވެހިން ހިމެނެއެވެ.
ކިޔުންތެރިންގެ ހިޔާލު