އިދިކޮޅު ފަރާތްތަކުން ސަރުކާރަށް އެކި ހުރަސްތައް ކުރިމަތިކުރަނީ އެއްވެސް ބަޔަކަށް ބަރޯސާނުވެ ރާއްޖެއިން އަމިއްލަ ފައިމައްޗަށް ތެދުވަން އުޅޭތީ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ނ. ހޮޅުދޫއަށް ވަޑައިގެން އެރަށުގައި މިއަދު ހަވީރު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ވެރިކަމާ ހަވާލުވެޑައިގެން މިދިޔަ ދުވަސްތަކުގެ ތެރޭގައި އެމަނިކުފާނު އެންމެ ބޮޑަށް އިސްކަން ދެއްވީ ހަގީގީ މާނައިގައި ދިވެހި ގައުމަށް މިނިވަންކަން ހޯއްދަވައިދެއްވަން ކަމަށެވެ. އެގޮތުން އިގްތިސޯދީ މިނިވަންކަމާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ މިނިވަންކަން  ހޯދައި ރާއްޖެއަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ގައުމަކަށް ހައްދަވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ވަރަށް އަވަހަށް ރާއްޖޭގެ އިގްތިސާދީ ސަރަހައްދު އަމިއްލައަށް ބެލެހެއްޓުމުގެ މަސައްކަތް ރާއްޖެއިން ފަށާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ފެނިވަޑައިގަންނަވާނެ މިދެންނެވި މަސައްކަތުގެ ނަތީޖާ، ދާދި އަވަހަށް އިގްތިސާދީ ސަރަހައްދު އަމިއްލަ ފައިމައްޗަށް ތެދުވެ ބަލަހައްޓަން ފަށާނަން، އެމަސައްކަތް ކުރަން ފެށުމުން އަޅުގަނޑުމެންނަށް އިހުސާސްވާނެ އަޅުގަނޑުމެންނަކީ ހަގީގީ މިނިވަންގައުމެކޭ. އެެހެންވީމާ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ފަހުރުވެރި ދިވެހި ގައުމެކޭ، އެދުވަސް ހޯދުމަށްޓަކައި މަސައްކަތް ކުރަމުންދާތީ އެކި ކަހަލަ ހުރަސްތައް އަޅުގަނޑަށް ކުރިމަތި ކުރުމުގެ މަސައްކަތް، އަޅުގަނޑުމެންގެ ސަރުކާރަށް ކުރިމަތި ކުރުމުގެ މަސައްކަތް، އެކަން ކުރުމަށް އޯޑަރު ދޭ ފަރާތުން އަންގާ ގޮތަށް ކުރަމުންދަނީ." ރައީސް މުޢިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން