މަޖިލިސް އިންތިހާބު ފަސްކުރަން މިހާރު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މަޖުބޫރު ވާނެ ކަމަށް ކުރީގެ ނާއިބުރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ޖަމީލު މިހެން ވިދާޅުވީ، ރައީސް ތަސްދީގު ނުކުރަށްވައި، އަނބުރާ މަޖިލީހަށް ފޮނުވި އިންތިޚާބާ ބެހޭ ބިލު އަނެއްކާވެސް އެއޮތްގޮތަށް މަޖިލީހުން ފާސްކުރުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޖަމީލު ވިދާޅުވީ، ގިނަ ބަޔަކަށް އިންތިޚާބުގައި ބައިވެރިވެވޭ ގޮތަށް އެ ބިލު މަޖިލީހުން ފާސްކުރުމާއި އެކު، މިއީ ދުސްތޫރީ ސުޕްރިމޭސީ އަށް ކުރިއެރުން ލިބިގެން ދިޔަ ދުވަހެއް ކަމަށެވެ.

"މިހިސާބުން މިބިލް ދުސްތޫރީ ހަމަތަކުން މިވަނީ ގާނޫނަކަށް ވެފައި. އިންތިޚާބު ދެން ފަސްކުރަން އީސީ އަށް މަޖްބޫރު." ޖަމީލު ވިދާޅުވިއެވެ.



ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ ށ. ގައި ބުނަނީ، ރައްޔިތުންގެ މަޖިލީހަށް ރައީސް އަނބުރާ ފޮނުވާ ބިލެއް އެއްވެސް ބަދަލެއް ނުގެނެސް މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފި ނަމަ "އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާންވާނެ" ކަމަށެވެ. ނަމަވެސް އެގޮތަށް ފޮނުވާ ބިލެއް ތަސްދީގު ކުރަންޖެހޭ މުއްދަތެއް އެމާއްދާގައި ބުނެފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން