ޕްލާސްޓިކް ސާޖަރީތަކަށް ހާއްސަ ޑރ. މަނޯޖް ސަނަޕް ރާއްޖެ ވަޑައިގެން މެޑިކާ ހޮސްޕިޓަލުގައި ބަލިމީހުން ބައްލަވަން ހަމަޖެހިފައިވާކަމަށް އެހޮސްޕިޓަލުން ބުނެފިއެވެ.

އިންޑިއާގެ ޑރ. މަނޯޖް ސަނަޕް އަކީ މިދާއިރާގައި 10 އަހަރުގެ ތަޖުރިބާ ލިބިފައިވާ ޑޮކްޓަރެކެވެ. އެގޮތުން ޑރ. މަނޯޖް އަކީ ޕްލާސްޓިކް ސާޖަރީތަކަށް ހާއްސަ ޑޮކްޓަރެއްގެ ގޮތުގައި އިންޑިއަން އެންޑް އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް އެސްތެޓިކް ސަރޖަންސްގެވެސް މެމްބަރެކެވެ.

ޕްލާސްޓިކް އެންޑް ރީކޮންސްރަކްޓިވް ސާޖަރީގެ އިތުރުން ހޭންޑް އެންޑް މައިކްރޯ ސާޖަރީ، އެސްތެޓިކްސް އަދި ކޮސްމެޓިކް ސާޖަރީއަށް ހާއްސަ ޑރ. މަނޯޖް ސަނަޕް އަކީ ލިޕޯސަކްޝަން އަދި ޓަމީ ޓަކް ފަދަ ބޮޑީ ކޮންޓުއަރިންގ ސާޖަރީގެ އިތުރުން، ބޮލުގައި އިސްތަށި އިންދުމާއި، ކޮސްމެޓިކް ގައިނޮކޮލޮޖީ ސާޖަރީ ތަކުގައި އެތައް އަހަރެއްގެ ތަޖުރިބާ ލިބިފައިވާ ޑޮކްޓަރެކެވެ. މީގެއިތުރުން، ހަކުރު ބަލީގެ ފަރާތްތަކުގެ ފައިތިލައަށް ދޭން ޖެހޭ ފަރުވާ އާއި، ފޭޝަލް ޕްލާސްޓިކް ސާޖަރީ، ފެޓް ގްރާފްޓް، ބްރެޒީލިއަން ބަޓް ލިފްޓް، ވޫންޑް ކެއަރ، އަދި ފިހިފައި ހުންނަ ތަންތަނަށް ހާއްސަ ޕްލާސްޓިކް ސާޖަރީ ތަކުގައިވެސް އެތައް އަހަރެއްގެ ތަޖުރިބާ ލިބިފައިވާ ޑޮކްޓަރެކެވެ.

ޑރ. މަނޯޖް ސަނަޕް ރާއްޖޭގައި ބަލިމީހުން ބައްލަވަން ހަމަޖެހިފައިވަނީ މަރޗް މަހުގެ 2 ވަނަ ދުވަހުން 7 ވަނަ ދުވަހުގެ ނިޔަލަށެވެ. މިމުއްދަތުގައި ޑޮކްޓަރަށް ދައްކަވަން އެޕޮއިންޓްމަންޓް ހެއްދެވުމަށް މެޑިކާ ހޮސްޕިޓަލުގެ ފޯނު ނަންބަރު 3002255، ވަޓްސްއެޕް ނަންބަރު 9748013، ނުވަތަ ވައިބާ ނަންބަރު 7280622 އަދި 7280626 މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެއްދެވޭނެ ކަމަށް މެޑިކާ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން