ބާރަށުގައި ކަޅުއޮއްފުންމި އަލަށް ބަނދެގެން ރަން ރިޔާ ފަހަން ބޮޑުތަކުރުފާނުން ޖެއްސެވި ކާނި ކަނޑައިން ހެދިފައިވާ އާސާރީ ކާނިގަހުގައި ހުޅުޖަހާ ރޯކޮށްލި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާކަމަށް ހެރިޓޭޖް މިނިސްޓްރީން ބުނެފިއެވެ.

އެ ގަހުގައި ރޭގެ ވަގުތެއްގައި ވަނީ ބަޔަކު ހުޅުޖަހާ ރޯކޮށްލާފައެވެ. އަދި ގަހުގެ ބޮޑުބައެއް ވަނީ އަނދައިގެން ގޮސްފައެވެ.

އެ މައްސަލައާއި ގުޅިގެން ހެރިޓޭޖް މިނިސްޓްރީން މިއަދު ވަނީ، އެކަން ކުށްވެރިކޮށް އެކަމުގައި ޝާމިލުވާ މީހުން ހޯދުމަށް ފުލުހުންނަށް ހުށަހަޅާފައެވެ. އަދި އެކަމުގައި ޒިންމާވާންޖެހޭ ފަރާތްތައް ޒިންމާ ކުރުވަން ކުރެވެންހުރި މަސައްކަތްތައް މިނިސްޓްރީގެ ފަރާތުން ކުރާނެކަމަށް ވަނީ ބުނެފައެވެ.

ބާރަށުގައި ހުންނަ އެ ގަހަކީ 450 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ގަހެކެވެ. އެ ގަހަށްބަޔަކު ގެއްލުން ދިން މައްސަލަ އެކި ފަރާތްތަކުން ދަނީ ކުށްވެރިކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން