ސަރުކާރު ވެއްޓުނަ ނުދީ ނެގެހެއްޓުމަށް ވެރިކަން ކުރާ ޕާޓީގެ ދައުރު ވަރަށް ބޮޑު ކަމަށް ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަރުކާރެއް ވެއްޓުނަ ނުދީ ހިފަހައްޓައި ނެގެހެއްޓުމަށް މަޖިލީހުގެ މެމްބަރުންނާއި ވެރިކަން ކުރާ ޕާޓީގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. ވެރިކަން ކުރާ ޕާޓީ ނުވަތަ ރައީސް ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ މަޖިލިސް މެމްބަރުންނާއި މަޝްވަރާ ނުކުރެވޭނަމަ އެހެން ފަރާތަކާއެކު މަޝްވަރާ ކުރެވިދާނެތޯ، ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވަނީ ސުވާލު ކުރައްވާފައެވެ.
"ވެރިމީހާއަށް އެ މަޖިލިސް މެމްބަރުންނާއި ބައްދަލުކޮށް މަޝްވަރާ ނުކުރެވޭނަމަ ދެން ބައްދަލުކޮށް މަޝްވަރާ ކުރެވޭނީ ކޮންބަޔަކާ؟" އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވެފައިވާއިރު އިދިކޮޅު ފަރާތްތަކާއެކު މަޝްވަރާ ކުރައްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ ރައީސް ޞާލިޙް ވަނީ ހުރިހާ ސިޔާސީ ޕާޓީތަކަށް މަޝްވަރާގެ ދައުވަތު ދެއްވާފައެވެ.
އާދަމް ޝަރީފު މި މޭރުމުން ވާހަކަ ދައްކަވާފައިވާއިރު ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ އެއްބާރުލުމާ ތާއީދު ރައީސް ޞާލިހަށް ލިބިވަޑައިގަންނަވަމުން ނުދާކަމުގެ އަޑުތަކެއްވެސް ދަނީ ފެތުރެމުންނެވެ. އަދި އެމްޑީޕީގެ ވެސް ވިސްނުމަކީ ރައީސް ނަޝީދު ގެންގުޅުއްވާ ބަރުލަމާނީ ނިޒާމަކަށް ވެރިކަން ފުރޮޅާލުމުގެ ވިސްނުން ކަމުގައި ބައެއް ފަރާތްތަކުން ބުނެއެވެ.
"މުޅި ޤައުމަށް، ޤައުމުގެ އެންމެ މަތީ މަސްލަހަތު ހިމެނޭ ކަންކަމުގައި ސަރުކާރާއިއެކުގައި މަސައްކަތްކުރަން ފެއްޓުމަށް ހުރިހާ ސިޔާސީ ބޭފުޅުންނަށް އަޅުގަނޑު ގޮވާލަން. ތިޔަބޭފުޅުންގެ ހިތްވަރާއި މަޝްވަރާއަށް އަބަދު މަރުހަބާ ކިޔާނަން." މިނިވަން ދުވަހުގެ މުނާސަބާތުގައި ގައުމާ މުޚާތަބުކުރައްވަމުން ރައީސް ޞާލިހު ވިދާޅުވިއެވެ.

Sarukaaru vettunanudhee, nagahattaidhinumugai MPs (khaassakoh ruling party) ge dhauru nuhanu boduvaane! Verimeehaa ah e MPs aai badhdhalukoh mashvaraa nukureveynama, dhen badhdhalukoh mashvaraa kureveynee kon bayakaa?
— Adam Shareef Umar (@Adamshareefz) August 1, 2020
އާދަމް ޝަރީފް މިހެން ވިދާޅުވެފައިވާއިރު އިދިކޮޅު ފަރާތްތަކާއެކު މަޝްވަރާ ކުރައްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ ރައީސް ޞާލިޙް ވަނީ ހުރިހާ ސިޔާސީ ޕާޓީތަކަށް މަޝްވަރާގެ ދައުވަތު ދެއްވާފައެވެ.
އާދަމް ޝަރީފު މި މޭރުމުން ވާހަކަ ދައްކަވާފައިވާއިރު ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ އެއްބާރުލުމާ ތާއީދު ރައީސް ޞާލިހަށް ލިބިވަޑައިގަންނަވަމުން ނުދާކަމުގެ އަޑުތަކެއްވެސް ދަނީ ފެތުރެމުންނެވެ. އަދި އެމްޑީޕީގެ ވެސް ވިސްނުމަކީ ރައީސް ނަޝީދު ގެންގުޅުއްވާ ބަރުލަމާނީ ނިޒާމަކަށް ވެރިކަން ފުރޮޅާލުމުގެ ވިސްނުން ކަމުގައި ބައެއް ފަރާތްތަކުން ބުނެއެވެ.
"މުޅި ޤައުމަށް، ޤައުމުގެ އެންމެ މަތީ މަސްލަހަތު ހިމެނޭ ކަންކަމުގައި ސަރުކާރާއިއެކުގައި މަސައްކަތްކުރަން ފެއްޓުމަށް ހުރިހާ ސިޔާސީ ބޭފުޅުންނަށް އަޅުގަނޑު ގޮވާލަން. ތިޔަބޭފުޅުންގެ ހިތްވަރާއި މަޝްވަރާއަށް އަބަދު މަރުހަބާ ކިޔާނަން." މިނިވަން ދުވަހުގެ މުނާސަބާތުގައި ގައުމާ މުޚާތަބުކުރައްވަމުން ރައީސް ޞާލިހު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު