ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑިއިރު އަމިއްލަ އަށް ބެލެހެއްޓުމުގެ ގާބިލްކަން ދިވެހި ސިފައިންގެ ތެރޭގައި އަންނަ މަހު ގާއިމް ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ނ. މަނަދޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި މިރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ 900،000 އަކަކިލޯމީޓަރުގެ ސަރަހައްދު ރާއްޖެއިން އަމިއްލަ އަށް ބެލެހެއްޓުމުގެ ގާބިލްކަން ނެތް ކަމަށެވެ. އެހެންކަމުން ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލްކަން ދިވެހި ސަރުކާރުން ހޯދާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ކަނޑުގެ ސަރަހައްދު ދެން ބަލަހައްޓާނީ ދިވެހި ސިފައިން ކަމަށެވެ.

"އެކްސްކްލޫސިވް އިކޮނޮމިކް ޒޯން ބެލެހެއްޓުމުގެ އަމިއްލަ ގާބިލްކަން ގާއިމްކުރުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށް ދަނީ. އިރާދަކުރެއްވިއްޔާ އަންނަ މަހު އެކަން ވެސް ފަށާނަން."ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ ސަރުކާރުން އަމިއްލައަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށަން ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން އަންނަ ހުކުރު ދުވަހު އެ ހިދުމަތް ރަސްމީކޮށް ފަށާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަމިއްލަ އަށް މެޑިކަލް އިވެކުއޭޝަން ހަދާނީ، ދެން އަޅުގަނޑުމެން އެހެން ބައެއްގެ ކިބައިގައި ކަމަކު އެދޭކަށް ނުޖެހޭނެއެއްނޫންތޯ؟" ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން