ރައްޔިތުންގެ މަޖިލީހުން ޝަރުއީ ދާއިރާއަށް ބާރުފޯރުވަން މަސައްކަތްކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުއިއްޒު މިހެން ވިދާޅުވީ، ނ. ހޮޅުދޫ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް އިއްޔެ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގައި އޮންނަނީ ތިން ބާރު ވަކިވެފައިވާ ނިޒާމެއް ކަމަށެވެ. ނަމަވެސް ނިޒާމުގެ އުސޫލުތަކާ ހިލާފުވަމުން ދާތަން ފެނިވަޑައިގަންނަވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުން އަމަލު ކުރަމުންދާ ގޮތާމެދު ފާޑުވިދާޅުވެ، ރައީސް ފާހަގަ ކުރެއްވި ގޮތުގައި، ރައްޔިތުންގެ މަޖިލީހުން ޝަރުއީ ދާއިރާއަށް ބާރު ފޯރުވަން މަސައްކަތް ކުރާ ކަމަށެވެ.

އެގޮތުން ސުޕްރީމް ކޯޓުން އަމުރެއް ނެރުނު ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކުރިމަތީގައި އެ އަމުރު އެއްޗަކަށް ނުވާކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، މަޖިލިސް ބައެއް މެމްބަރުން މަސައްކަތް ކުރަނީ ނުފޫޒުގައި ޖެހިގެންކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، މަޖިލިސް އިންތިހާބުގައި ހޮވަންވީ ރައްޔިތުންގެ މަސްލަހަތު އިސްކުރާ މެމްބަރުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން