ހެޔޮ ނިޔަތުގައި ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުންތަކަށް ދެކޮޅު ނަުހަދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ރަމަޟާން މަހު އިންތިހާބު ނުބޭއްވޭ ގޮތަށް އިންތިޚާބުތަކާބެހޭ އާންމު ގާނޫނުގެ 43 ވަނަ މާއްދާއަށް އެމްޑީޕީގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށައެޅުއްވި އިސްލާޙުގެ ބިލު ފާސްކުރުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ބިލު ތަސްދީގުނުކުރަށްވައި އަނބުރާ ފޮނުވާލައްވައިފަ އެވެ.

ނަމަވެސް އިއްޔެ މަޖިލީހުން ހަމަ އެ ބިލު އަނެއްކާވެސް ވަނީ ކުރިން އޮތްގޮތަށް ފާސްކޮށްފަ އެވެ.

އެހެންވެ ރޯދަ މަހުގެ ފަހުން މަޖިލިސް އިންތިހާބު ބޭއްވިދާނެ ކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ.

އެެހެންވެ އެ ބިލު ދެވަނަ ފަހަރަަށް ފާސްކުރުުމުން ވެސް އެ އިސްލާހަށް އިލެކްޝަންސް ކޮމިޝަނުން އަމަލުނުކުރާނަމަ އެ ކޮމިޝަންގެ މެމްބަރުން ވަކިކުރާނެ ކަމުގެ އިންޒާރު އިއްޔެ އެމްޑީޕީން ވަނީ ދީފަ އެވެ.

އެކަމާ ގުޅޭ ގޮތުން "ރަސް"އިން ސުވާލުކުރުމުން އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ މެމްބަރުން ވަކި ކުރަން ދެއްކި ވާހަކަތަކަށް ވަކި އެއްޗެއް ދަންނަވަން ބޭނުންނުވާ ކަމަށެެވެ. ހަމަ އެހެންމެ އިލެކްޝަންސް ކޮމިޝަނުން ގާނޫނާ ހިލާފުވެފައި ނުވާނެ ކަމަށް ވެސް ހަބީބް ވިދާޅުވި އެވެ.

ހަބީބް އިތުރަށް ވިދާޅުވީ ހެޔޮ ނިޔަތުގައި ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުންތަކާ އިލެކްޝަންސް ކޮމިޝަނުން ދެކޮޅު ނަހަދާނެ ކަމަށެވެ.

މަޖިލިސް އިންތިހާބު ބާއްވަން އަދި ތާވަލުކޮށްފައި އޮތީ އަންނަ މަހުގެ 17 ވަަނަ ދުވަހު އެވެ. ހުދު ރައީސް މުއިއްޒުވެސް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އިންތިހާބު އޮންނާނީ ހަމަ އެ ދުވަހު ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން