އަވައްޓެރި އިންޑިއާއާއި ޗައިނާ އަށް އެއްޗެހި ނުގޮވުމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސާން ރީކޯ މޫސާ މަނިކު އެމްޑީޕީއާއި ޕީޕިއެމް-ޕީއެންސީގެ އިސްވެރިންނަށް ގޮވާލައްވައިފިއެވެ.
ރީކޯ މޫސަ އަވަށްޓެރި އިންޑިއާއާއި ޗައިނާއަށް އެއްޗެހި ނުގޮވުމަށް ސިޔާސީ ވާދަވެރިންގެ ކިބައިން އެދިވަޑައިގެންފައި ވާއިރު ރައީސް ނަޝީދު އާންމުކޮށް ދައްކަވާ ވާހަކަފުޅުރަކުގައާއި ނޫސްކޮންފަރެންސްތަކުގައި ޗައިނާގެ ނުބައި ކަމުގެ ވާހަކަ ދައްކަވައި ޗައިނާއިން ލޯނާއި އެހީދެނީ އަމިއްލަ އެދުމެއް އޮވެގެންކަން ސިފަވާގޮތަށް ވާހަކަ ދައްކަވާފައިވާއިރު ޗައިނާއިން އެހީގެ ގޮތުގައި ދީފައިވާ ލޯނުތަކާއި ހިންގާފައިވާ މަޝްރޫޢު ތަކުގެ ސަބަބުން ރާއްޖެ ދަރަނިވެރިވުން ނޫން ކަމެއް ވެފައި ނުވާކަމަށް ފާޅުގައި ދަނީ ވިދާޅުވަމުންނެވެ. އަނެއްކޮޅުން އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ ލީޑަރުން ވިދާޅުވަމުން ގެންދަވަނީ މިސަރުކާރުން އިންޑިއާއާއެކު ބާއްވަމުންދާ ގުޅުމުގެ ސަބަބުން ރާއްޖޭގެ މިނިވަން ކަމާއި އިސްތިގުލާލަށް ވެސް ބުރޫއަރަމުންދާ ކަމަށެވެ. އަދި އިންޑިއާއިން ދޭ އެހީތަކުގެ ފަހަތުގައި ވަނީ ރާއްޖެ އަޅުވެތި ކުރުން ކަމުގައި އިދިކޮޅު ފަރާތްތަކުން ސިފަ ކުރެއެވެ.
ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ޗައިނާއާއި އިންޑިއާއަށް ދެމުން ގެންދާ މިހަމަލާ ތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބް ރައީސް މޫސާ މަނިކު ވަނީ ރައްޔިތުންގެ ޓެކްސް ފައިސާއިން ލާރި ނަގައިގެން ތިބެ އަވަށްޓެރި އިންޑިޔާ އާއި ޗައިނާ އަށް ހިތުހުރި އެއްޗެއް ނުގޮވުމަށް އެމްޑީޕީގެ އިސްވެރިންނާއި ޕީޕިއެމް-ޕީއެންސީގެ އިސްވެރިންނަށް ގޮވާލައްވާފައެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުން ނިކަމެތިވަމުންދާ ކަމަށް މޫސަ ވިދާޅުވިއެވެ.
"ދާޚިލީ ކަންކަމަށް ގޮތް ކިޔުއްވާ ޚާރިޖީ ކަންކަމާއި ބެހުނީމަ ރައްޔިތު އެންމެންނަށް އޭގެ ނިކަމެތިކަން އޮތީ." ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު މޫސަ ވިދާޅުވިއެވެ.
ހުސްވި ހަފުތާގައި އެމްޑީޕީގެ ރައީސް، ރައީސް ނަޝީދު ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީންގެ ސަރުމާރުން 12 ވަރަކަށް ފަޅުރަށް ޗައިނާއަށް ވިއްކާލާފައިވާ ކަމަށް ވިދާޅުވެ އެވަގުތު ހަނދުމަފުޅު ހުރި ދެރަށެއްގެ ނަންވެސް ވަނީ ވިދާޅުވެފައެވެ. މިކަމަށް ރަށްދު ދެއްވައި ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަނީ އެއަދަދު ތަކަކީވެސް އަދި އެ ތުހުމަތު ތަކަކީވެސް ކަނޑައެޅިގެން ދޮގު މައުލޫމާތު ތަކެއްކަން ހާމަކުރައްވާފައެވެ. އަދި ޗައިނާ ސަރުކާރު ބައިވެރިވާ ކުންފުންޏަކަށް ރާއްޖެއިން ރަށެއް ވިއްކާފައެއް ވެސް އަދި ދީފައެއްވެސް ނުވާ ކަމަށާއި އަމިއްލަ ކުންފުނިތަކުން ވިޔަފާރީގެ ޝައުޤުވެރިކަމުގައި އިންވެސްޓް ކުރުމަކީ ރާއްޖޭގެ ގާނޫނުތަކާއި އުސޫލުތައް ހުއްދަ ކުރާ ކަމެއްކަން ސަފީރު ފާހަގަ ކުރައްވާފައި ވެއެވެ. އަދި ރާއްޖޭގައި ބޭރުގެ އިންވެސްޓަރުން އިންވެސްޓް ކުރުމާބެހޭ ގޮތުން ގެންގުޅޭ ސިޔާސަތަށް ބަދަލެއް އައީތޯ ވެސް ސަފީރު ސުވާލު ކުރައްވާފައި ވެއެވެ.
މި ނޫސްކޮންފަރެސްގައި ނަޝީދު ފާހަގަ ކުރެއްވި އެއްރަށަކީ ފޭދޫ ފިނޮޅުގެ ވާހަކައެވެ. އެ ރަށަކީ ދިވެހި ކުންފުންޏަކާއެކު ޗައިނާގެ އަމިއްލަ ކުންފުންޏެއް ގުޅިގެން ޖޮއިންޓް ވެންޗަރ އުސޫލުން ތަރައްގީ ކުރަމުން ގެންދާ ރަށެއްކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

MDP ge isverinnaa PPM PNC Ge isverinnah aadheyhaaeku dhannavan Rayyathunge tx faisain party hingan laarinagaigenthibe CHINA aai INDIA ah hithu hurihaa ehcheh nugovaa ! Dhaakhilee kan kamah goith kiuhvaa , khaarijee kankamaa behuneema Rayyathu emmenah eyge nikamethikan othee,
— Moosa Maniku (Reeko) (@ReekoMoosa) August 2, 2020
ހުސްވި ހަފުތާގައި އެމްޑީޕީގެ ރައީސް، ރައީސް ނަޝީދު ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީންގެ ސަރުމާރުން 12 ވަރަކަށް ފަޅުރަށް ޗައިނާއަށް ވިއްކާލާފައިވާ ކަމަށް ވިދާޅުވެ އެވަގުތު ހަނދުމަފުޅު ހުރި ދެރަށެއްގެ ނަންވެސް ވަނީ ވިދާޅުވެފައެވެ. މިކަމަށް ރަށްދު ދެއްވައި ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަނީ އެއަދަދު ތަކަކީވެސް އަދި އެ ތުހުމަތު ތަކަކީވެސް ކަނޑައެޅިގެން ދޮގު މައުލޫމާތު ތަކެއްކަން ހާމަކުރައްވާފައެވެ. އަދި ޗައިނާ ސަރުކާރު ބައިވެރިވާ ކުންފުންޏަކަށް ރާއްޖެއިން ރަށެއް ވިއްކާފައެއް ވެސް އަދި ދީފައެއްވެސް ނުވާ ކަމަށާއި އަމިއްލަ ކުންފުނިތަކުން ވިޔަފާރީގެ ޝައުޤުވެރިކަމުގައި އިންވެސްޓް ކުރުމަކީ ރާއްޖޭގެ ގާނޫނުތަކާއި އުސޫލުތައް ހުއްދަ ކުރާ ކަމެއްކަން ސަފީރު ފާހަގަ ކުރައްވާފައި ވެއެވެ. އަދި ރާއްޖޭގައި ބޭރުގެ އިންވެސްޓަރުން އިންވެސްޓް ކުރުމާބެހޭ ގޮތުން ގެންގުޅޭ ސިޔާސަތަށް ބަދަލެއް އައީތޯ ވެސް ސަފީރު ސުވާލު ކުރައްވާފައި ވެއެވެ.
މި ނޫސްކޮންފަރެސްގައި ނަޝީދު ފާހަގަ ކުރެއްވި އެއްރަށަކީ ފޭދޫ ފިނޮޅުގެ ވާހަކައެވެ. އެ ރަށަކީ ދިވެހި ކުންފުންޏަކާއެކު ޗައިނާގެ އަމިއްލަ ކުންފުންޏެއް ގުޅިގެން ޖޮއިންޓް ވެންޗަރ އުސޫލުން ތަރައްގީ ކުރަމުން ގެންދާ ރަށެއްކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު