އެއާ އެމްބިއުލެންސްގެ ހިދުމަތް ފަށާނީ ދެ މީހުން އެއް ފަހަރާ އުފުލޭ ގޮތަށް ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

އެއާ އެމްބިއުލެންސްގެ ހިދުމަތް ފަށަން ނިންމާފައި ވަނީ މާދަމާ އެވެ.

އެގޮތުން ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓާއި ދެމެދު އެއާ އެމްބިއުލާންސްގެ ހިދުމަތް މާދަމާ ފަށާނެ އެވެ. އެއާއެކު ބޮޑެތި އެކްސިޑެންޓްތަކާއި ބަލިތަކާއި އެހެނިހެން ކުއްލި ފަރުވާ ބޭނުންވާ ނުރައްކާތެރި ހާލަތްތަކުގައި އަވަސް ފަރުވާ ހޯދުމަށް ދިވެހިންނަށް ސްރީލަންކާއަށް ވަގުތުން ދެން ދެވޭނެ އެވެ.

ހެލްތު މިނިސްޓަރީން ބުނީ އެ ހިދުމަތަށް ބޭނުންވާ ހުއްދަ މިހާރު ލަންކާއިން އެންމެ ދެ ގަޑިއިރުށް ލިބޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށެވެ. އެއާއެކު ވީހާވެސް އަވަހަކަށް ކުއްލި ފަރުވާ ބޭނުންވާ މީހުންނަށް އަަވަހަށް ލަންކާއަށް ދެވޭނެ އެވެ.

މިނިސްޓަރު ވިދާޅުވީ އެއާ އެމްބިއުލެންސްގެ ގޮތުގައި ބޭނުންކުރާނީ ޑޭޝް 8 ގެ ބޯޓަކާއި ސީ ޕޭލޭނެއް ކަމަށެވެ. އެ ބޯޓުތައް މޮޑިފައިކޮށްފައިވަނީ އެއްފަހަރާ ބަލި ދެ މީހުން އުފުލޭ ގޮތަށެވެ.

އެ ބޯޓުތަކުގައި ބަލި މީހުން އުފުލަން އޮކްސިޖަން ފަދަ ވަސީލަތްތައް ވެސް ފުރިހަމައަށް ހުންނާނެ ކަމަށް ހެލްތު މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވީ އިންޑިއާއަކީ ވެސް ރާއްޖެއަށް ގިނަ އެހީތަކެއް ފޯރުކޮށްދެމުންދާ ގައުމެއް ކަމަށާއި އެހެންކަމުން އެ ގައުމާއެކު ވެސް އެއާ އެމްބިއުލަންސްގެ ޚިދުމަތް ގާއިމުކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ނަމަވެސް އިންޑިއާއާއެކު އެއާ އެމްބިއުލެންސް ފަށާނެ ދުވަހެއް މިނިސްޓަރު ހާމައެއް ނުކުރައްވަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން