ކުރިއަށް އޮތް ރަމަޟާން މަހު ފިޔާ، އަލުވި އަދި ބިސް ހުސްނުވެ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ފަށާފައި ވާކަމަށް އެސްޓީއޯއިން ބުނެފިއެވެ.

އެސްޓީއޯއިން ބުނީ، ފިޔާ، އަލުވި އަދި ބިސް ރޯދަމަހު ހުސްވިޔަނުދީ ހިފެހެއްޓުމަށާއި މާކެޓް ސްޓޭބަލައިޒް ކުރުމަށް ޑިމާންޑް އަދި ސަޕްލައިއަށް ބަލައިގެން، އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް އެ ތަކެތީގެ ޝިޕްމަންޓް ރާއްޖެ ގެނައުމަސް ރޭވިފައި ވާ ކަމަށެވެ.

އެގޮތުން އެތަކެތީގެ ފުރަތަމަ ޝިޕްމެންޓް މިހާރު ގެނެވި، އިއްޔެ މާކެޓަށް ނެރެފައި ވާކަމަށް އެ ކުންފުނިން ބުންޏެވެ. އިއްޔެއިން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި ހޯލްސޭލް ސެންޓަރުން، އަދި އެސްޓީއޯ އިންޑަސްޓްރިއަލް ވިލޭޖްއިން ވަނީ އެތަކެތި ވިއްކަން ފަށާފައެވެ.

އެސްޓީއޯއިން ބުނީ، ހޯލްސޭލްކޮށް މުދާ ދޫކުރާނީ ދެ ސަރަހައްދަކުން ކަމަށެވެ. އެއީ އެސްޓީއޯ ހޯލްސޭލް ސެންޓަރުން،ނާއި އެސްޓީއޯ އިންޑަސްޓްރިއަލް ވިލޭޖްއިންނެވެ.

އަތޮޅުތެރޭގެ 11 ސަރަހަދެއްގައި ގާއިމު ކޮށްފައިވާ އެސްޓީއޯގެ 11 ފިހާރައަކަށް ފިޔާ ބިސް އަދި އަލުވި ފޮނުވޭނެ ކަމަށާއި، އެ ތަކެތި ސަރަހައްދީ އެހެން ރަށްރަށަށް ފޯރުކޮށްދިނުމުގައި އެސްޓީއޯއިން އެހީތެރިވާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން ރޯދަމަހަށް ހާއްސަކޮށްގެން، ޒަރޫރީ ބޭނުމަށް ބޭނުންވާ ކާބޯތަކެތީގެ އެހެނިހެން ބާވަތްތައްވެސް ގެންނާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯއިން މަސައްކަތް ކުރަމުން ދަނީ، ހާއްސަކޮށް ބާޒާރުގައި އަގުތަށް އަރައިގެން ދާކަމަށް ފާހަގަކުރެވޭ ތަކެތި ހިމެނޭ ގޮތަށް ބައެއް މުދާ ފިހާރައިން ހުސްވިޔަނުދީ ބެހެއްޓޭވަރަށް ގެނައުމަށެވެ.

އެގޮތުން، ލީސިންގ ޕާޓްނަރުން ފޯރުކޮށްދޭ މުދާވެސް ހުސްނުވެ އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ލިބެން ހުންނާނެ ކަމަށޤ އެ ކުންފުނިން ބުންޏެވެ.

މާކެޓްގައި ޒަރޫރީބޭނުމަށް ބޭނުންވާ ވަކި މުދަލެއްގެ އަގު މަތިވާނަމަ އެސްޓީއޯއިން އިންޓަވީން ކުރާނެއެވެ. އަދި އަގު ކޮންޓްރޯލް ކުރުމަށް މަސައްކަތްވެސް ކުރާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

ފިޔާ، ބިސް، އަލުވި އާންމުންނަށް ވިއްކަން ހަމަޖެހިފައިވާ އަގުތައް؛



ފިޔާ 20ރ. އަށް

ބިސް 1.75ރ. އަށް

އަލުވި 15ރ. އަށް

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް)އިން އާންމުކޮއްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޖެނުއަރީ މަހު ކާބޯތަކެތީގެ އަގުތަށް ޑިސެމްބަރ މަހާ އަޅާބަލާއިރުވަނީ ދަށަށް ގޮސްފައިވެއެވެ.

މިގޮތުން ބާޒާރުގައި އެންމެ އަގު ބޮޑުވެގެން ދިޔަ ތަކެތީގެތެރެއިން ފިޔާގެ އަގުވެސް ވަނީ މިހާރު ދަށަށްގޮސްފައެވެ. އަގު ބޮޑުވެގެން އަންނަ ބައެއް ތަކެތީގެ ތެރޭގައި ބިސް، އަލުވި، ކެރެޓް، ފަދަ ބައެއް ފާހަގަކޮއްލެވޭ ތަކެތި ހިމެނެއެވެ.

އެސްޓީއޯއިން ބުނީ، ރޯދަމަހަށް ތައްޔާރު ވުމަށް ޓަކައި ކުރިއަށް މިއެޅޭ ތައްޔާރީ ފިޔަވަޅުތަކުގެ ސަބަބުން ބާޒާތުގައި އާންމު ކާބޯތަކެތީގެ އަގުތަށް ހިފެހެއްޓި، ސްޓޭބަލް ސަޕްލައިއެއް ލިބިގެންދާނެ ކަމަށެވެ. މީގެ އިތުރުން ބާޒާރުގައި ލުންބޯގެ އަގު ބޮޑުވެގެން އަންނަކަން އެސްޓީއޯއަށް ފަހާގަ ކުރެވިފައިވާތީ އެކަން ހައްލުކުރުމަށް ލުނބޯގެ ޝިޕްމެންޓްއެއް ގެނައިމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން