ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޭޕްރީލް 21 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

މިގޮތަށް ނިންމީ އިންތިހާބާއިބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސް މިއަދު ތަސްދީގު ކުރެއްވުމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ އިންތިހާބާބެހޭ ހާއްސަ ޖަލްސާއެއް މިރޭ ބޭއްވުމަށްފަހު އެ ޖަލްސާގައެވެ.

އީސީން މި އިންތިހާބު ބާއްވަން ކުރިން ނިންމާފައި ވަނީ މާރިޗް 17 ވަނަ ދުވަހެެވެ.

އިންތިހާބު ރަމަޟާން މަހު ނުބޭއްވޭނެކަމަށް ކަނޑައަޅާ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހުން އެންމެ ފުރަތަމަ ނިންމެވުމުން ރައީސް ވަނީ އެ ބިލް ތަސްދީގު ނުކުރައްވާ އަނބުރާ ފޮނުވާލައްވާފައެވެ.

އަދި ދެވަނަ ފަހަރަށް އެ ބިލް ފާސްކޮށް ފޮނުވުމުން މިއަދު ރައީސް ވަނީ ބިލް ތަސްދީގު ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން