ސްޓެލްކޯއިން ބަލަހައްޓާ އާސާރީ ބިނާތަކުގެ އާބަތުރަ ފިލުވައި، މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްދާގޮތް، ބައްލަވާލެއްވުމަށް އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ހުސައިން ފަހުމީ އެ ތަންތަނަށް ޒިޔާރަތް ކުރައްވައިފިއެވެ.

މާލޭގައި ހުރި ސްޓެލްކޯއިން ބަލަހައްޓާ އާސާރީ ބިނާތަކުގެ އާބަތުރަ ފިލުވައި، މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް އެ ކުންފުނީގެ އެމްޑީ ކުރެއްވި ޒިޔާތަރުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޒިޔާރަތުގައި ދެ ބޭފުޅުން ވަނީ މާލޭ ހުކުރު މިސްކިތާއި، މުންނާރާއި މެދުޒިޔާރަތުގައި ކުރިއަށްދާ މަސައްކަތްތަކުގެ އިތުރުން، ބޮޑުތަކުރުފާނުގެ ޒިޔާރަތަށް ވަޑައިގެން އެތަންވެސް ބައްލަވާލައްވާފައެވެ.

މަސައްކަތް ކުރިއަށް ދާ ގޮތް ބައްލަވާލެއްވުމަށް ފަހު އާދަމް ނަސީރު ވިދާޅުވީ އެއީ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.

"ސްޓެލްކޯ މިވަނީ އަޅުގަނޑުމެންގެ ތަރިކަތައް، ހާއްސަ މި ތަރިކަތައް ރައްކާތެރިކޮށް ދެމެހެއްޓުމުގަ ވަރަށް މުހިންމު މިތުރަކަށް، ވަރަށް މުހިންމު ބައިވެރިއަކަށް. ސްޓެލްކޯ މިހާރު މި މަސައްކަތް ކުރައްވަމުން ގެންދަވާތާ އަހަރުތަކެއް ވެއްޖެ. އެހެންވީމަ ކޮންމެ ފަަހަރަކުވެސް މުންނާރު މިގޮތަށް ޒީނަތްތެރި ކުރުމުގަ ސްޓެލްކޯގެ މި ދައުރަކީ އަޅުގަނޑުމެންނަށް ވަރަށް މުހިންމު ދައުރެއް. އެކަމަށްޓަކާ ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރަށާ، ސްޓެލްކޯގެ ހުރިހާ މުވައްޒަފުންނާ ހުރިހާ ބޭފުޅުންނަށް ނުހަނު އިހުލާސްތެރިކަމާއެކީގަ ޝުކުރު ދަންނަވަން" އާދަމް ނަސީރު ވިދާޅުވިއެވެ.

ސްޓެލްކޯގެ އެމްޑީވެސް ވިދާޅުވީ، އެ ކުންފުނިން މި މަސައްކަތް ކުރާތާ އަހަރުތަކެއް ވެއްޖެ ކަމަށެވެ. އަދި މިނިސްޓްރީއާ ގުޅިގެން ކޮށްދެވޭނެ މިފަދަ އެހެން ކަންކަން ހުރިތޯ ބަލަމުންދާ ކަމަށް އެމްޑީ ވިދާޅުވިއެވެ.

މިފަދަ އާސާރީ ބިނާތައް ރަނގަޅަށް ބެލެހެއްޓުމުގެ އެންމެ ބޮޑު މަގުސަދަކީ، ދައުލަތުގެ ވުޒާރާތަކާ ގުުޅިގެން، އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ތަރިކަތައް ގެންގޮސްދިނުން ކަމަށް އެމްޑީ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން