ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ނިމާލް
ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ނިމާލް
ވެރިކަމުގައި ހުންނަ މީހަކީ އަމަލާއި ބަހުންވެސް ތެދުވެރި އިޚްލާސްތެރި މީހަކަށް ވާންޖެހޭ ކަމުގައި ކުރީގެ ފެނަކައިގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.

އިހުތިޖާޖު ކުރުމާއި ޚިޔާލު ފާޅުކުރުމަކީ ޤާނޫނު އަސާސީން ކޮންމެ ރައްޔިތަކަށް ލިބިގެންވާ ހައްގަކަށްވާއިރު މިހައްގު ހޯދުމަށް އެންމެ ބޮޑަށް ވަކާލާތުކުރެެއްވިކަމަށް ވިދާޅުވި ބޭފުޅުން މިއަދު ވެރިކަމަށް ވަޑައިގެން އަމަލުކުރަމުންދަނީ ވަރަށް ނާތަހުޒީބު ގޮތަކަށް ކަމުގައި ނިމާލު ވިދާޅުވިއެވެ. ޤައުމުގެ ވެރިއަކަށް ހުންނަ މީހަކީ ރައްޔިތުންނަށް ތެދުވެރި އިހުލާސްތެރި މީހަކަށް ވާންޖެހޭއިރު، އޮޅުވާލުމާއި މަކަރު ވެރިކަމުގެ ތެރެއިން ކަންކަން ކުރުމަކީ ވެރިކަމުގައި ހުންނަ މީހެއްގެ އިހުލާސްތެރިކަން ގެއްލިގެންދާނެ ކަމެއްކަމުގައި ނިމާލު ވިދާޅުވިއެވެ.

މިއަދު ރާއްޖޭގެ ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ކިބައިން މަޢާފްކުރުމާއި އިހުތިރާމު ކުރުމުގެ އެއްވެސް ސިފައެއް ނުފެންނަ ކަމަށާއި ފެނިގެންދަނީ ހީލަތްތެރިކަމާއިއެކު ކަންކަން ހާސިލް ކުރައްވަން މަސައްކަތް ކުރައްވާ މަންޒަރުކަމަށް ނިމާލު ވިދާޅުވިއެވެ.

"ގައުމުގެ ވެރިއަކަށް ހުންނަ މީހަކީ އަމަލާއި ބަސް ދިމާވާ މީހަކަށް ވާންޖެހޭ. މާފު ކުރުމާއި ހިތްތިރިކުރުން މީ ހަމަ އެކަނި މީހަކު ލިޔެދިނީތީ ކިޔާލާ ހުވަފެނީ ބަސްތަކަކަށްވުރެ ނަފުސު ހަރުދަނާ ވާންވާނެ. ހީލަތްތެރިކަން ދޫކޮށްލަން ރައީސް އިބްރާހިމް މުހައްމަދު ޞާލިހުއަށް ގޮވާލަން." ނިމާލު ވިދާޅިވެއެވެ.

މިދިޔަ އާދީއްތަ ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާ އާއި ގުޅިގެން ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އެންގި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލާއި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ނިމާލް އެ އިދާރާއަށް ހާޒިރުވުމަށް އެންގި އެންގުން ވަނީ ފަހުން ފަސްކޮށްފައެވެ. އެދެބޭފުޅުންގެ މައްޗަށް ކޮށްފައިވާ ތުހުމަތަކީ ގާނޫނުއަސާސީގައި ބަޔާންކުރާ އެއްތަނުން އަނެއް ތަނަށް ދިއުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް، މަގުގައި ހިނގާ މީހުންނާއި ދުއްވާ މީހުންނާއި ގާނޫނު ތަންފީޒުކުރާ މުވައްޒަފުންގެ އިތުރުން ދައުލަތުގެ މަސައްކަތް ކުރުމަށް ދަތިކޮށް، ހުރަސް އެޅި ކަމުގެ ތުހުމަތު ކަމަށް ފުލުހުން ފޮނުވި ޗިޓުގައި ބުނެފައިވެއެވެ.

މިދިޔަ އާދީއްތަ ދުވަހުގެ ރޭ ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ އިސް ބައެއް ބޭފުޅުންނާ އެކު، އިދިކޮޅު ފަރާތްތަކުން މުޒާހަރާ ފެށީ މަޖީދީ މަގާއި ޗާންދަނީ މަގު ގުޅޭ ކަންމަތީގައެވެ. އެކަމަކު، އެސަރަހައްދަށް އެއްވި މީހުންނަށް ފުލުހުން ވަނީ ހުރަސް އަޅައިފައެވެ.


ކިޔުންތެރިންގެ ހިޔާލު


-4

ހުސްނާ

05-Aug-2020

މިއީތި ދިމާވޭތައް ކޮބާ ފެނަކަ ދިރުވާލި އޭތި ދިމާވޭތައް ކަލޭ ތީ ގަމާރެއް މިއޮގީ


1

އިބުރާހިމް ސައިދު

05-Aug-2020

ވަގުންގެ ވާހަކައައް ޚަބަރުހަދާ ޖަހާތީ ކަންބޮޑުވޭ! ނިމާލޫ ގާތުއަހާބަލަ ދައުލަތުން ކާލި ލާރިކޮޅު ކޮބައިހޭ؟


2

ޢޭބީ ނަސީރު

05-Aug-2020

ކަލޭ ތިހެން ބުނީމަ އަންނަނީ ހިނި ފެނަކަ ކުންފުނި


6

ޯއިބުރޭ

03-Aug-2020

ވަގުތުން ކޯފާ ނުލައްވާކަން ނަސީބް އެެހެންނަމަ ނިމާލުމެން ކަހަލަ މީހުންގެ ގުނަވަންތައް ހަމަނުވީސް


-2

ހަސަންބުޝްރީ

03-Aug-2020

ނިމާލު އެންމެ ރަގަޅުވާނީ ކޮމެޑީ ފިލްމު ކުޅެންފެށިއްޔާ.


-2

މަށޭކިޔާހޭ

03-Aug-2020

ޕާޓީ އަށް އިޚްލާސްތެރި ތެދުވެރި މެމްބަރުން ޕާޓީލީޑަރުގެ އަގުވައްޓައެއް ނުލާނެ ލީޑަރުގެ ނިންމުންތަކަށް އިހްތިރާމް ކުރާނެ ޕާޓީގެ ލީޑަރ ނިންނަވާފަ އޮތީ މާލޭ މަގުމައްޗަށް އެއްނުވާށޯ މަނާވެސް ކުރެއްވި. އެކަން ނޭގެނީތަ؟ ނޫނީ ލީޑަރާއި ދެކޮޅަށް މަސައްކަތް ކުރަނީތަ؟


-1

މަށޭކިޔާހޭ

03-Aug-2020

ގިނަޕާޓީ އެކުލެވޭ ރިޔާސީ ނިޒާމްގައި ވެރިކަމުގައި ތިބޭ ޕާޓީތަކުން ވެސް އިދިކޮޅުލީޑަރގެ ބަސްގަބޫލުކުރަންވާނެ، މާލޭމަގުމައްޗަށް އެއްވުމަކީ ޕީ.ޕީ.އެމް،ޕީ.އެން.ސީ ގެ ލީޑަރ ވަރަށް ނުރުހޭ ކަމެއް އެހެންވެގެން ގާނޫނަކުން ނަމަވެސް ކޮށްފަ އޮންނާނީ.


20

ހަސަނު

03-Aug-2020

ކެވުނު ލާރި ގަނޑު ހުސްވީމާ މޮޔަގޮވަނީ ދޯ ނިމާލޫ


-2

މަށޭކިޔާހޭ

03-Aug-2020

މާލޭމަގުމައްޗަށް އެއްވުން މަނާ އެއްވާން ބޭނުމިއްޔާ ދާށޭ ހައްޖަށް ޕާޓީލީޑަރ ނިންމާފައި އޮތް އެ މުހިއްމު ނިންމެވުމަށް ޕާޓީގެ މެމްބަރުން އިޚްތިރާމް ކުރަން ޖެހޭނެ. ލީޑަރަށް ތިކަން އެނގިއްޖިއްޔާ އޭނާ ކިހާ ދެރަވާނެ.


0

ޢަލީ

02-Aug-2020

ލަދުގެ ކަންފުޅެއްވެސްނެތް ދޯޤައުމު ދަވާލައިގެންތިބެ


11

ޢަލީ

02-Aug-2020

ލަދުގެ ކަންފުޅެއްވެސްނެތް ދޯޤައުމު ދަވާލައިގެންތިބެ



ޓްރެންޑިން