ރައްޔިތުން މަޖިލިސް އިންތިޚާބު ބާއްވާ ތާރީޚު އަންނަ އޭޕްރީލް މަހަށް ފަސްކުރުމުން އިތުރު 560 މީހުންނަށް ވޯޓު ލެވޭނެ ކަަމަށް އިލެކްޝަންސް ކޮމިޝަން، އީސީއިން ބުނެފިއެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބު އިސްމާއިލް ހަބީބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަޖިލިސް އިންތިހާބުގައި އަންނަ އޭޕްރީލް މަހުގެ 21 ވާ އާދިއްތަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.



އިންތިހާބު ބާއްވާ ތާރިޚުު ފަސްވުމާ ގުޅިގެން އިންތިޚާބުގައި ވޯޓުލުމުގެ ހައްގު އިތުރު 560 މީހުންނަށް ލިބޭ ކަމަށް ހަބީބު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މަޖިލިސް އިންތިހާބަށް ރީ ރަޖިސްޓްރީ ކުރުމަށް އިތުރު ތިން ދުވަސް ދިނުމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

އިލެކްޝަން ކޮމިޝަނުން މީގެ ކުރިން ހާމަކޮށްފައިވާގޮތުގައި މަޖިލިސް އިންތިޚާބުގައި ވޯޓު ލިބުމުގެ ހައްގު 284،327 މީހުންނަށް ލިބެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން