އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް (ވ) އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު
އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް (ވ) އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު
މިއަދު ވެރިކަން ކުރަމުންދާ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރުންނާއި ރައީސުލް ޖުމްހޫރިއްޔާއާއި އަބަދުވެސް ބައްދަލުވެ، ދިމާވެ ވާހަކަ ދައްކަމުންދާކަމުގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ސަރުކާރު ވެއްޓުނަ ނުދީ ނެގެހެއްޓުމަށް ވެރިކަން ކުރާ ޕާޓީގެ ޚާއްސަކޮށް، ޕާލިމަންޓްރީ ގްރޫޕްގެ ދައުރު ބޮޑު ކަމަށް ވިދާޅުވެ ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް އުމަރު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން އާޒިމް ވިދާޅުވީ ރައީސް ޞާލިހުއާއި އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި އަބަދުވެސް ބައްދަލުވެ މަޝްވަރާކުރެވި ވާހަކަ ދެކެވެމުންދާކަމަށެވެ.

ނިމިދިޔަ ސަރުކާރުގައި ވެރިކަން ކުރެއްވި ބޭފުޅާއާއި އޭރުގެ މަޖިލިސް މެޖޯރިޓީ ޕާޓީގެ މެމްބަރުންނާއި ބައްދަލުނުވުމަކީ މިއަދު އެކަން އެގޮތަށް ހިންގަންޖެހޭ ސަބަބެއްނޫންކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ ސަރުކާރު ނަގަހައްޓައި ވެރިކަން ބަދަލުކުރާނީ ރައްޔިތުންކަމަށެވެ. އާޒިމްގެ ވާހަކައިގައި ވެރިކަން ދިފާއުކުރުމަށް މަޖިލިސް މެމްބަރުން ނުވަތަ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން މަސައްކަތް ކުރާނެކަމަކަށް ކަނޑައެޅިގެން ވިދާޅުވެފައެއް ނުވެއެވެ.

"އަޅުގަނޑުމެންނާއި، ވެރިމީހާއާއި ބައްދަލުވޭ. ތީ ނިމިދިޔަ ސަރުކާރުގެ ތިޔަކަން އޮތް ގޮތް. ސަރުކާރު ދަމަހައްޓާނީވެސް ނުވަތަ ވެރިކަން ބަދަލުކުރާނީވެސް ރައްޔިތުން." އާޒިމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަރުކާރެއް ވެއްޓުނަ ނުދީ ހިފަހައްޓައި ނެގެހެއްޓުމަށް މަޖިލީހުގެ މެމްބަރުންނާއި ވެރިކަން ކުރާ ޕާޓީގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. ވެރިކަން ކުރާ ޕާޓީ ނުވަތަ ރައީސް ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ މަޖިލިސް މެމްބަރުންނާއި މަޝްވަރާ ނުކުރެވޭނަމަ އެހެން ފަރާތަކާއެކު މަޝްވަރާ ކުރެވިދާނެތޯ، ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވަނީ ސުވާލު ކުރައްވާފައެވެ.

އާދަމް ޝަރީފު މި މޭރުމުން ވާހަކަ ދައްކަވާފައިވާއިރު ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ އެއްބާރުލުމާ ތާއީދު ރައީސް ޞާލިހަށް ލިބިވަޑައިގަންނަވަމުން ނުދާކަމުގެ އަޑުތަކެއްވެސް ދަނީ ފެތުރެމުންނެވެ. އަދި އެމްޑީޕީގެ ވެސް ވިސްނުމަކީ ރައީސް ނަޝީދު ގެންގުޅުއްވާ ބަރުލަމާނީ ނިޒާމަކަށް ވެރިކަން ފުރޮޅާލުމުގެ ވިސްނުން ކަމުގައި ބައެއް ފަރާތްތަކުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން